ޚަބަރު

"މޯލްޑިވްސް ފެސްޓިވަލް އޮފް އާޓްސް 2015" ހުޅުވައިފި


ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސް އާއި ޝޫ.އެޗް ގުޅިގެން "މޯލްޑިވްސް ފެސްޓިވަލް އޮފް އާޓްސް 2015" ގެ ނަމުގައި ދިވެހި އުފެއްދުންތައް ދައްކުވައިދޭ ފެސްޓިވަލެއް މިއަދު ހުޅުވައިފިއެވެ.ނޭޝަނަލް އާޓް ގެލަރީގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެސްޓިވަލާއި ގުޅޭގޮތުން އެން.ސީއޭގެ އެޑިޝަނަލް ކޯޑިނޭޓަރ  އަލީ އާމިރު ވިދާޅުވީ ފެސްޓިވަލްގެ ބޭނުންމަކީ ދިވެހި އުފެއްދުންތައް ދައްކާލުންކަމަށާއި އެގޮތުން ފެނިގެންދާނީ، ދިވެހި ފަންނުވެރިންގެ ފޮޓޯގްރަފީއާ ކުރެހުންތަކާ އަދި  ދިވެހި ހުނަރުވެރިންގެ އަތްތެރި މަސައްކަތުން ހަދާފައިވާ ތަކެތިކަމަށެވެ. އަދި މިއަދު އެކަނިވެސް ފެސްޓިވަލަށް ވަރަށް ރަނގަޅު ތަރުޙީބެއް ލިބިފައިވާކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ހަރަކާތްތަށް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އާމިރު ވިދާލުވިއެވެ. އެންސީއޭއިން ކުރިއަށްގެންދާ މިފަދަ ކަންތައްތައް ޕްރޮމޯޓްކުރުމަށާއި މިފަދަ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމާއެކުވަނީ އެއްބަސްވެފައެވެ. މީގެ ސަބަބުން މިފަދަ ޕްރޮގްރާމްތައް ވަރަށް ބޮޑަށް ޕްރޮމޯޓްވެގެންދާކަން އެން.ސީ.އޭ އިން ފާހަގަކުރައްވައެވެ.