ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި


300 އަށްވުރެ ގިނަ މައްސަލަޔާ ގުޅުހުންހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން މިއަދު ނައްތާލައިފި އެވެ.ދޫނިދޫގައި ފުލުހުން ނައްތާލާފައިވަނީ 2010 އަހަރުން ފެށިގެން 2015 އަހަރާ ހަމަޔަަށް ހުށަހެޅިފައިވާ 359 މައްސަލަޔާ ގުޅުންހުރި މަސްތުވާތަކެއްޗެވެ. އެގޮތުން ނައްތާލާފައިވަނީ 680 ފުޅި ބަނގުރަލާއާއި، 590 ދަޅު ބަނގުރަލާއި، ބަނގުރާ އަޅާފައި ހުރި 20 ހަމުގެ އިތުރުން މަސްތުވާތެކެއްޗާއި ގުޅުންހުރި އެހެނިހެން 25 އެެއްޗެތި ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެ އެވެ. ފުލުހުން ވިދާޅުވީ، ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ ތަޙުޤީޤް އަދި ޝަރުޢީ މަރުޙަލާ ނިމިފައިވާ މައްސަލަތަކާ ގުޅުހުންހުރި މަސްތުވާތަކެތި ކަމަށެވެ.