ވިޔަފާރި

ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ


އަންނަމަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ މުބާރާތުގެ ކޯ ސްޕޮންސަރަކަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ ހަމަޖައްސައިފިއެވެ.

އަންނަ މަހު 1އިން 16އަށް ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫއެވެ. މިއަދު އެފްއޭމްގައި މިކަމާގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއެވެ. އަދި އެފްއޭމްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެފްއޭއްމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލެވެ.

މިރަސްމިއްޔާތުގައި ވަނީ މިމުބާރުތުގެ އެހެން ސްޕޮންސަރުންނާއެކުވެސް ސޮއިކޮށްފައެވެ. އެގޮތުން އެލައިޑް އިންޝުއަރެންސާއި ކޮކާ ކޯލާ އަދި އެމްޑަބްލިއުއެސްސީއާ އެކުވަނީ ސޮއިކޮށްފައެވެ.

އަންނަ ހުކުރު ދުވަހު މިމުބާރާތް ފެށުމަށް ތައްޔާރުވަމުންދާއިރު މުބާރާތުގެ ޕާޓްނަރުންނާއެކު އެފްއޭމް ދަނީ ސޮއިކުރަމުންނެވެ. އެގޮތުން މިފަހަރު ދިވެހި ޤައުމީ ޓީމުގެ ކިޓްވެސް ފޯރުކޮށްދެނީ ދިވެހި ކުންފުންޏެއްކަމަށްވާ އައިލެންޑް އެޕްރައިސަލްއިންނެވެ.