ސިޔާސީ

ޖަލު ޙުކުމް އިސްތިއުނާފް ކުރެއްވުމަށް ނަޝީދު ނިންމަވައިފި


ކުރީގެ ރައީސް މުޙައްމަދު  ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމްގެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމަށް ނަޝީދު ނިންމަވައިފިއެވެ.ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވެވި ހުކުމާއި ގުޅިގެން ނަޝީދު ނިންމަވާފައިވާ ބައެއް ކަންކަން މީޑިއާ އަށް ހިއްސާކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލުން ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތަށް އެމައްސަލަ އިސްތިއުނާފްކުރައްވަން ނަޝީދު ނިންމެވީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނެވުމަށްފަހުގައިކަމަށެވެ.ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގައި ހުށައަޅާ އިލްތިމާސްގެ ތެރޭގައި ހިމެނޭ މައިގަނޑު ނުކުތާއަކީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުލް އުޤޫބާތުން ލިބިދޭ މަންފާ ނަޝީދަށް ލިބިދިނުން ކަމަށެވެ.