ޚަބަރު

"ސިފަ ހަވީރު" މާދަމާވެސް އޮންނާނެ- އެމްއެންޑީއެފް


ޤައުމީ ދުވަހާއި
ގުޅިގެން އެމްއެންޑީއެފުން ކުރިއަށް ގެންދާ " ސިފަ ހަވީރު"  މާދަމާވެސް ކުރިއަށް ގެންދިއުމަށް ނިންމަވައިފިއެވެ.



މާދަމާ ވެސް އާއިލީ ހަވީރު  އޮންނާނީ ހަވީރު
4:00 އިން އިރުއޮށްސި 6:00 އަަށް ޖުމްހޫރީ
މައިދާނުގައެވެ. އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި ކުޑަކުދިންގެ ހަވީރު މާދަމައާއި ހަމައަށް ކުރިއަށް
ގެންދިއުމަށް ނިންމެވީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ.



މި ކުޑަކުދިންގެ
ހަވީރުގައި  ސިފައިން ބޭނުންކުރާ ބައެއް ވެހިކަލުގެ
އިތުރުން ރެޕަލް ކުރުމާއި ކޯސްޓްގާޑް ޝިޕް ބަލާލުމާއި ސިފައިންގެ ޔުނިފޯމްގައި ފޮޓޯ
ނެގުންފަދަ ހަރަކާތްތަކުގެ އިތުރުން ބަޑި ޖެހުން ކުރިއަށް ގެންދެއެވެ. ކުޑަކުދިންނާއި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން
ކުރިއަށް ގެންދާ މި ކުޑަކުދިންގެ ހަވީރުގެ ބޭނުމަކީ، ކުޑަކުދިންގެ ހިތްތަކުގައި ޤައުމިއްޔަތާއި
ޤައުމީ ލޯބި އާލާކޮށް، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދިނުމެވެ.




އިއްޔެ ހަވީރު ޖުމުހޫރީ
މައިދާން ސަރަހައްދުގައި ބޭއްވި މިހަވީރު ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން ފާތުމަތު އިބްރާހީމްއެވެ. އިއްޔެ އާއި މިއަދުވެސް މި ހަވީރުގައި ގިނަ
އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.