މުނިފޫހިފިލުވުން

6000 ކްރޯޑް ރުޕީސްއާއިއެކު "އާރްއާރްއާރް" ގެ ޕްރޮމޯޝަން ލަވަ


ބޮލީވުޑް އެކްޓްރެސް ޢާލިއާ ބަޓަށް ކުރިއަށް އޮތީ ބޮޑު ޗެލެންޖެކެވެ. ތެލުގޫ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ދެ ނެށުންތެރިންނާއިއެކު އޭނާގެ ކުރިއަށް އޮތް ފިލްމު "އާރްއާރްއާރް" ގެ ޕްރޮމޯޝަން ލަވަ ފަށަން މިހާރުވަނީ ތައްޔާރުވެފައެވެ.

6000 ކްރޯޑްގެ ބަޖެޓަކަށް އުފައްދާ މި ލަވައިގައި ޢާލިއާއިއެކު ދެން ފެންނާނީ ތެލުގޫ އިންޑަސްޓްރީގެ މަޝްހޫރު ދެ ނެށުންތެރިން އަދި އެކްޓަރުންކަމަށްވާ ރަމްޗަރަން ތޭޖާ އަދި އެންޓީއާރް ޖޫނިއަރ އެވެ. އަދި ލަވައަކީ މި ދެތަރިންންނަށްވެސް ބޮޑު ގޮންޖެހުމެކެވެ. ދެ ތަރިންވެސް މި ލަވައަށް ތައްޔާރުވާތާ މިހާރު ހަފްތާތަކެއްވެއްޖެއެވެ.

"އާރްއާރްއާރް" މި ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ޚިޔާލީ ބަޠަލުންތަކެއްގެ ވާހަކަ ކިޔައިދޭ އަދި 1920 ގެ އަހަރުތަކުގެ ހާދިސާއެއް ގެނެސް ދޭނެ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށްދާ އިރު، "އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައި، 30 ގަ އެވެ.
ދެ ބަޔަކަށް ގެނެސް ދިން "ބަހޫބަލީ" އާ އެއްގޮތަށް އެ ފިލްމު ވެސް ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ހިންދީ ބަހުން ގެނެސް ދޭނެ އެވެ. "އާރްއާރްއާރް" އަކީ 400 ކްރޯޑްގެ ބަޖެޓަކުން ބިޔަ ޕްރޮޖެކްޓެކެވެ.