ޚަބަރު

އަޑިޔަށް ދިޔަ ސަފާރީން 6 މީހަކު ހާލުބޮޑުވެ، އެކަކު ނިޔާވެއްޖެ


"ހޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް އަޑިއަށް ދިޔަ ހާދިސާގައި އުމުރުން 41 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ މިޙާދިސާގައި ޙާލު ދެރަވެގެން 7 މީހަކު އައިޖީއެމްއެޗްގެ އިއާރްއަށް ގެންގޮސް ފަރުވާދިނެވެ. ނިޔާވެފައިވަނީ އޭގެ ތެރެއިން އެކަކެވެ. އެއީ ޢުމުރުުން 41 އަހަރުގެ ބޭރު މީހެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އެހެންނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަމެއް އައިޖީއެމްއެޗުން ހާމައެއް ނުކުރައްވައެވެ.

"ހޭންޑީ ކުރޫޒަރ" ދިޔަވެ އަޑިޔަށް ދިޔަ ހާދިސާގައި އޭގެއިން ދަތުރުކުރި އެންމެން ކަނޑުވިއެވެ. އަދި އޭގެތެރެއިން ހާލު ބޮޑުވި 6 މީހަކު އައިޖީއެމްއެޗަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ. މިއަދު ހެނދުނު ބޮލިފުށި ކައިރިން 17 މީހުންނާއެކު މާލެއަށް ދަތުރުކުރަމުންދިޔަ "ހޭންޑީ ކުރޫޒަރ" ސަފާރީއެއް ވަނީ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އެސަފާރީން ދަތުރުކުރި އެންމެން މިހާރު މާލެ ގެނެސްފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިސަފަރީގައި ދަތުރުކުރީ އޭގެ ފަޅުވެރިންގެ އިތުރުން ދަތުރުދިޔަ އެއް އޮފީހަކަށް ނިސްބަތްވާ ބައެކެވެ. އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. މިޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްގާޑުން ވަގުތުން އެސަރަޙައްދަށް ދިޔަކަމަށާ، އެހެންކަމަށް އޭރު އޮތީ ސަފާރީގެ ފޫގޮސް ފެތިފައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވަނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މުސުބާ ބެހޭ ޤައުމީ އިދާރައިން ވަނީ އިލްތިމާސްކުރައްވާފައެވެ.