ޚަބަރު

މާދަމާ އަކީ ބަންދު ދުވަހެއް ނޫން: ރައީސް އޮފީސް


މިއަދު ފާހަގަކުރަމުން ދާ
ޤައުމީ ދުވަސް ބަންދު ދުވަހަކާއި ދިމާވިނަމަވެސް މާދަމާއަކީ ކަލަންޑަރުގައިވާ ގޮތަށް ރަސްމީ ދުވަހެއް ކަމަށް ރައީސުލް ޖުމުހޫރިއްޔާގެ
އޮފީހުން ހާމަކުރައްވައިފިއެވެ.



ރައީސް އޮފީހުގެ ތަރުޖަމާން
އިބްރާހީމް މުއާޒް ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިފަހަރު ގައުމީ
ދުވަސް ބަންދު ދުވަހަކާއި ދިމާވި ނަމަވެސް ގައުމީ ދުވަހާއި ގުޅިގެން މާދަމާއަކީ ސަރުކާރު
ރަސްމީ ބަންދު ދުވަހެއް ނޫންކަމަށެވެ. 

 

ރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ރަބީއުލް
އައްވަލް މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަމުންދާއިރު، އެދުވަސް ރަސްމީ
ދުވަހަކާއި ދިމާވާނަމަ ފާހަގަކުރައްވަމުންގެންދަވަނީ ރަސްމީ ބަންދު ދުވަހެއްގެ
ގޮތުގައެވެ.