ޚަބަރު

"ޔޫތް އޮފް ޔުނިޓީ" ކޭމްޕް ފުއައްމުލަކުގައި އިފްތިތާހުކޮށްފި


މުޖުތަމަޢާއި ޒުވާނުން ޙަރުދަނާކުރުމުގެ ގޮތުން ހިންގާ "ޔޫތް އޮފް ޔުނިޓީ" ކޭމްޕް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.ރޭ ފުވައްމުލަކު ޙާފިޒް އަހުމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ކޭމްޕް އިފްތިތާހުކޮށްދެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ.މި ކޭމްޕް އިފްތިތާހުކޮށްދެއްވާ ވާހަކަ ފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ވިދާޅުވީ، ދަރިންގެ ގައިގައި އަށަގަންނަވަންވީ މާނަވީ ރީތި ސިފަތަކާއި ހަރުދަނާ ގޮތްތައްކަމަށެވެ. އަދި އުންމީދު ކުރެވެނީ ކުށް މަދު، އަޚްލާޤް ރަނގަޅު މުޖުތަމަޢަކަށްކަމަށާއި މިކަން ހާސިލު ކުރުމަށްޓަކައި ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.މި ރަސްމިޔާތުގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ނައިބް މުޙައްމަދު ޒާހިދު ވިދާޅުވީ، މި ފަދަ ކުދިންގެ އާއިލާތަކަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި އެ ގޮންޖެހުންތަކުން އާންމު ދިރިއުޅުމުގެ ޙާލަތަށް ގެނައުމަށްޓަކައި ސަރުކާރުން ނިންމުންތަކެއް ނިންމާފައިވާކަމަށެވެ.މި ކޭމްޕްގައި އެރަށުގެ 44 ކުއްޖަކު ބައިވެރިވެފައިވޭ. މި ކޭމްޕަކީ ފުވައްމުލަ ޕޮލިސްޓޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސާއި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި ޔުނިސެފް ގުޅިގެން ކުރިޔަށް ގެންދާ ކޭމްޕެކެވެ. 15 ދުވަހުގެ މި ކޭމްޕަކީ، އެކި އެކި ކަންކަމާ ހުރެ، ތަޢުލީމީ މަރުހަލާ ފުރިހަމަނުވެ، މުޖުތަމަޢުގައި އުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކޭމްޕެކެވެ.