ކުޅިވަރު

އަހުމަދު އަބްދުﷲ އާއި ފާސިރު ޓީސީއަށް ސޮއިކޮށްފި


މިސީޒަންގައި
ނިއުއަށް ކުޅުނު އަހުމަދު އަބްދުﷲ ޓީސީ ސްޕޯޓްސް ކުލަބްއަށް ސޮއިކޮށްފިއެވެ. 

ނިއު ދޫކޮށް
އަހުމަދު އަބްދުﷲ ޓީސީ ސްޕޯޓްސް ކުލަބާއި ގުޅިފައިވަނީ ރޭގެ ވަގުތެއްގައެވެ. މިކަން
އަހުމަދު އަބްދުﷲވަނީ ޕީއެސްއެމްއަށް ކަށާވަރުކޮށްދީފައެވެ. 1 އަހަރު ދުވަހުގެ
އެއްބަސްވުމެއްގެ ދަށުން އަހުމަދު އަބްދުﷲ ޓީސީއާ ގުޅިފައިވާއިރު، މިއީ ނިއުރޭޑިއަންޓް
ސްޕޯޓްސް ކުލަބް ދޫކޮށް ޓީސީ ސްޕޯޓްސް ކުލަބާއި ގުޅުނު ދެވަނަ ކުޅުންތެރިޔާއެވެ. 

މީގެ ކުރިން
ނިއުގެ ފޯވާާޑް އަލީ ފާސިރުވަނީ ނިއު ދޫކޮށް ޓީސީ ސްޕޯޓްސް ކުލަބާއި ގުޅިފައެވެ. ފާއިތުވި ތިންއަހަރުވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގައި މޮޅު ކުޅުމެއް ދެއްކި،ާ އެކުލަބްގެ ގިނަ ކާމިޔާބީ ތަކުގައިވެސް ފާސިރުގެ ހިއްސާ ބޮޑުކަން
ފާހަގަކޮށްލެވެއެވެ. 

ޓީސީ ސްޕޯޓްސް ކުލަބްގެ އިތުރުން ފުރަތަމަ ޑިވިޝަންގެ އިތުރު
ކުލަބަކުންވެސް ފާސިރު ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. ފާސިރު ޓީސީއާ ގުޅިފައިވަނީ 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 

ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް
މުހައްމަދު ނިޒާމް ބުނީ މިއަންނަ އަހަރަށް ޓީސީ ސްޕޯޓްސް ކުލަބް ވަރުގަދަ ކުރުމަށް ގައުމީ ޓީމްގެ ބައެއެް ކުޅުންތެރިން ޓީސީ ސްޕޯޓްސް ކުލަބްއިން މިއަންނަ
އަހަރު ފެނާނެކަމަށެވެ. އަދި މިއަހަރު ޓީސީ ހޯދި ކާމިޔާބީއަށް ވުރެއް ރަގަނޅު
ކާމިޔާބީއެއް މިއަންނަ އަަހަރު ހޯދުމަށް މަސައްކަތް ކުރާނެކަމަށާ އޭއެފްސީ ކަޕުން
ޖާގަ ހޯދުމަކީވެސް މިއަންނަ އަހަރު ވަރަށް އިސްކަމެއްދޭނެކަމެއްކަމަށް
ނިޒާމް ބުންޏެވެ.