މުނިފޫހިފިލުވުން

"އިންޑިއާސް ގޮޓް ޓެލެންޓް" ގެ ޖަޖަކަށްވެސް ޝިލްޕާ


"ސުޕަރ ޑާންސަރ" ނިންމާލުމަށްފަހު ސޮނީ ޓީވީގެ "އިންޑިއާސް ގޮޓް ޓެލްންޓް" އަށް އެކްޓްރެސް ޝިލްޕާ ޝެޓީ އަނެއްކާވެސް ތައްޔާރުވެއްޖެއެވެ.

ސޮނީ ޓީވީން މިއަހަރު ދައްކަން ހަމަޖެހިފައިވާ މި ޝޯގެ ޕްރޮމޯއެއްވެސް މިހާރު ވަނީ ދައްކަން ފަށާފައެވެ. އަދި ޝޯގެ އޮޑިޝަން ވަރަށް އަވަހަށް ފަށަންވެސް ޕްރޮޑަކްޝަން ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.

ފާރމެންޓޭލް އިންޑިއާސް އަރްދަނާ ބޯލާއާއި ސޮނީ ގުޅިގެން ގެނެސްދޭ މި ޓެލެންޓް ޝޯ ވަނީ އެންމެ ކާމިޔާބު ރިއަލިޓީ ޝޯގެ ގޮތުގައި ގިނީސް ވޯރލްޑް ރެކޯޑް ފޮތަށްވެސް އަރާފައެވެ.

2009 ވަނަ އަހަރު ދައްކަން ފެށި "އިންޑިއާސް ގޮޓް ޓެލެންޓް" ޝޯ އަކީ އިނގިރޭސި ޝޯ "ގޮޓް ޓެލެންޓް" ގެ މައްޗަށް އުފައްދާފައިވާ ޝޯއެކެވެ. "ގޮޓް ޓެލެންޓް" ގެ ޖަޖުންގެ ގޮތުގައި ކިރަން ކޭރް، ސޮނާލީ ބެންޑްރާ އަދި ޝޭކަރް ކަޕޫރުވެސް ހިމެނެއެވެ. މީގެއިތުރުން ދަރްމެންދްރާ، ސާޖިދް ޚާން، ފަރަހް ޚާން، ކަރަން ޖޯހަރް އަދި މަލައިކާ އަރޯރާވެސްވަނީ މި ޝޯގެ ޖަޖްކަންކޮށްފައެވެ.