ޚަބަރު

އައްޑޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޙަމްކޮށްލި މައްސަލާގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ.

މިދިޔަ ހުކުރުދުވަހު އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. އަދި އެރޭ އައްޑޫ ސިޓީގައި ދެވަނަ މާރާމާރީއެއް ވެސް ހިންގާފައިވެއެވެ. އެ މާރާމާރީގައި ސައިކަލެއްގައި ދިޔަ، އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް ހަމަަލަދީ ޒަހަމްކޮށްލާފައިވެއެވެ. ނަމަވެސް އެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.