ދުނިޔޭގެ ވިޔަފާރި

އެމެޒޯންއިން ޔޫއޭއީގައި 1500 ވަޒީފާ އުފައްދަނީ


ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި އިތުރު 1500 ވަޒީފާ އުފައްދަން ނިންމާފައިވާކަމަށް އޮންލައިން ވިޔަފާރިކުރާ ބޮޑު ކުންފުނި އެމެޒޯންއިން ބުނެފިއެވެ.

މިއީ ޑެލިވަރީ އާއި ގުދަންތަކުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ވަޒީފާތަކެއްކަމަށްވެސް އެމެޒޯންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މީގެއިތުރުން ޑެލިވަރީތައް އަވަސްކޮށް ގިނަ ކަސްޓަމަރުން ޚިދުމަތް ފޯރުކޮށްދިނުމުގެގޮތުން އިތުރު 4 ޑެލިވަރީ ސްޓޭޝަނެއް ހުޅުވާނެކަމަށާއި މީގެ ސަބަބުން އިތުރު ވަޒީފާތައް އުފެދިގެންދާނެކަމަށްވެސް އެމެޒޯންއިން ބުނެއެވެ.

މީގެއިތުރުން އެކުންފުނީގެ މެދުއިރުމަތީގައި ދެވަނައަށް އޮތް އެންމެ ރަގަޅު ސަރައްހަދުކަމަށްވާ ޔޫއޭއީގައި އެމެޒޯންގެ ކްލައުޑް ސާރވިސް ޔުނިޓް ކަމަށްވާ އެމެޒޯން ވެބް ސާރވިސް އަށް އަންނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އިތުރު 3 ޑާޓާ ސެންޓަރުވެސް ތައާރަފްކުރާނެކަމަށް މީގެކުރިން މިއަހަރު ކުރީކޮޅު އެމެޒޯންއިންވަނީ ބުނެފައެވެ.