ޚަބަރު

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޙަމްކޮށްލައިފި


އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޙަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޙަމްކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:08 ހާއިރުކަމަށެވެ. އަދި މި މާރާމާރީގައި ޒަހަމްވެފައިވަނީ 29 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ޒަހަމްވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.

މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް، އެމައްސަލަ ތަހުޤީޤްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.