ކުޅިވަރު

އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ވަރުގަދަ ގްރޫޕެއްގައި




އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ
ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ. މިއަހަރުގެ ޕްރެޒިޑެންޓްސްކަޕް ފުޓްބޯޅަ
މުބާރާތް އުފުލާލައި އޭއެފްސީ ކަޕުން ޖާގަ ހޯދި މާޒިޔާ ސްޕޯޓްސް އެންޑް
ރެކްރިއޭޝަން ކްލަބް މިފަހަރު ލައްވާލީ ގްރޫޕް ޖީގައެވެ.

މާޒިޔާ އާއިއެކު ގްރޫޕް
ޖީގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބާގަން، ހޮންކޮންގގެ ސައުތް ޗައިނާގެ
އިތުރުން، މިޔަންމާގެ ޔަންގޮންގ ޔުނައިޓެޑް ނުވަތަ ޔަދަނަރބޮން އެފްސީއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން
ނިއުރޭޑިއެންޓް ލައްވާލީ ގްރޫޕް އީގައެވެ. މި ގްރޫޕްގައި ނިއުގެ އިތުރުން ދެން
ހިމެނެނީ ހޮންކޮންގ އެފްއޭކަޕްގެ ޗެމްޕިއަން ކިޗީ އެފްސީ، އޭއެފްސީ ކަޕްގައި އަލަށް
ވާދަކުރާ ޕިލިޕީންސްގެ ލީގްކަޕްގެ ޗެމްޕިއަން ކަޔާ އެފްސީގެ އިތުރުން ބަލެސްތަރ
ކަސްލާ އެފްސީއެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ
ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތޭވީސް
އަދި ސައުވީހުގައެވެ.