ޚަބަރު

ރަސްފަންނު މޫދު ސަރަހައްދަށް ތެޔޮތަކެއް ޖަމާވެ، ތަޣައްޔަރުވެއްޖެ


ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް ޖަމާވެ، ތަޣައްޔަރުވުމުން އެތަން ބަންދުކޮށް ސާފުކުރަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މާލެ ސިޓީ ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ޖަމާވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ޑައިވިންގ ޔުނިޓްގެ ޑައިވަރުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:30 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސް ފަންނަށް ތެޔޮ އެޅުނީ އެސަރަޙައްދަށް ބަޔަކު އެއްލައިިލި ކަޅުތެޔޮ ހަމެއް ފަޅައިގެން ދިއުމުންނެވެ.