ވިޔަފާރި

ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިޔާ ކޮމިޝަންގެ ރިޔާސަތަށް މިފަހަރުވެސް ރާއްޖެ


ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ކޮމިޝަން ފޮރ ސައުތް އޭޝިއާގެ ރިޔާސަތަށް ދިވެހިރާއްޖެ ދެވަނަ ދައުރަކަށް ހޮވިއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ މި ބައްދަލުވުމުގައި އެ ޖަމްއިއްޔާގެ ސްޓެޗުއަޓަރީ އޯރގަންސް އަދި ސަބްސިޑަރީ ބޮޑީސްއަށް ވަނީ ޤައުމުތައް ހޮވާފައެވެ.

މީގެ ތެރޭގައި ޢާއްމު މަޖިލީހުގެނައިބު ރައީސްގެ މަޤާމަށް އިންޑިއާ، އަދި ކްރެޑެންޝިއަލްސް ކޮމިޓީއަށް ބޫޓާން ވަނީ ހޮވާފައެވެ. މީގެ އިތުރުން ސައުތް އޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެގްޒެކެޓިވް ކައުންސިލްގެ 2 ގޮނޑިއަށް އީރާނާއި އިންޑިއާ ވަނީ ހޮވާފައެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ.ޢަބްދުﷲ މަޢުސޫމް ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ސައުތު އޭޝިއާގެ 7 ޤައުމަކުން 25 ބޭފުޅުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ރީޖަނަލް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ރިޔާސަތަށް ދެވަނަ ދައުރަކަށް ދިވެހިރާއްޖެ އިންތިޚާބުކޮށް، ވައިސް ޗެއަރ ގެ މަޤާމަށް ބަންގްލަދޭޝާއި އިރާން ވަނީ އައްޔަނުކޮށްފައެވެ.