މުނިފޫހިފިލުވުން

މެޓް ގާލާގެ ރެޑްކާޕެޓް، ތަރިންގެ ތަފާތު ހެދުންތައް


އަހަރުގެ އެންމެ ބޮޑު ފެޝަން އިވެންޓް މެޓް ގާލާ މިހާރު ވަނީ ނިއުޔޯކް ސިޓީގެ މެޓްރޯޕޯލިއަން މިޔުޒިއަމް އޮފް އާޓްގައި ބާއްވާފައެވެ.

މި އިވެންޓުން އާންމުކޮށްފެންނަ މޫނުތައް ކަމަށްވާ ލޭޑީ ގާގާ ، ބިޔޯންސޭ އަދި ބްލޭކް ލައިވްލީ ނުފެނުކަމުގައިވިޔަސް ރިހާނާ، ބިލީ އެލިޝް، ޖެނިފާ ލޮޕޭޒް، ކެންޑަލް ޖެނާ އަދިވެސް އިތުރު ގިނަ ތަރިންތަކެއް އިވެންޓުން ވަނި ފެނިގެންގޮސްފައެވެ.

އަނާ ވިންޓޯ

މީޑިއާ އަދި ފެޝަންގެ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އަދި ފެޝަން މެގަޒިން ވޯގު ގެ އެޑިޓަރ އިން ޗީފްކަން ވެސް ކުރަމުން އަންނަ އަނާ ވިންޓޯ މިފަހަރު ފެނިފައިވަނީ އޭނާ އެންމެ އާންމުކޮށް ފެންނަ ބްރޭންޑް ޝެނާލް ގެ ބަދަލުގައި އޮސްކާ ދެ ލާ ރެންޓާގެ ފްލޯރަލް ގައުން އެކެވެ.

ރިހާނާ

މެޓް ގާލާގެ ރާނީކަމަށް ގިނަ ބަޔަކު އެއްބަސްވާ ރިހާނާ އަކީ ފެޝަންގެ ދުނިޔޭގައި މީހުން ޝައުޤުވެރިކޮށްލަން ހަމަ އެއްވަނައެވެ. ރިހާނާގެ މިފަހަރު ލާފައިހުރީ ކަޅުކުލައިގެ ރަފްލް ނެކްލައިން އެއް އަދި ރަފްލް ހެމް އެއް ލާފައިވާ ހެދުމެކެވެ. މީގެއިތުރުން ޑައިމަންޑް ހާރަކާއި ކްރައުންއެއް އަދި ބޮލުގައި ކަޅުކުލައިގެ ބީނީއެއް އަޅާފައިހުރި އިރު ރިހާނާގެ މި ލުކް ވަރަށް ފުރިހަމައެވެ.

ބިލީ އެލިޝް

އޯވަރ ސައިޒްގެ ކެޝުއަލް އައުޓްފިޓްތަކުން ބްރޭކެއް ނެގުމަށްފަހު ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ ބިލީ އެލިޝް މިފަހަރު ހުރީ އޮސްކާ ދެ ލާ ރެންޓާގެ ބޮޑު ގައުންއެއްގައެވެ. ޤުދުރަތީ ރީތި ޕެސްޓަލް ކުލައިގެ މި ގައުން ގައި ބިލީ ހުރީ ހެދުމާއިގުޅޭ މަޑުމަޑު މޭކަޕެއްކޮށްފައެވެ.

ޖެނިފާ ލޮޕޭޒް

ތައި ހައި ސްލިޓްއަކާއިއެކު ބޮޑު ކަރެއްލާފައި އިން މި ހެދުމާއިއެކު ފަތް ހަރުކޮށްފައިވާ މަޑު ޖެކެޓެކާއި ކައުބޯއީ ހެޓެއްވެސް ހިމެނެއެވެ. ރިހީގެ ހާރެއް ކަރުގައި އަޅާފައިވާއިއޮތްއިރު ޖެނިފާހުރީ ވަރުގަދަ މޭކަޕެއްވެސްކޮށްފައެވެ.

ކިމް ކާޑޭޝަން

އިވެންޓްގައި އެންމެ ތަފާތު ލުކެއް ދައްކާލާފައިވަނީ ކިމް އެވެ. ކަޅުކުލައިގެ ބްލެންސިއާގާގެ އައުޓް ފިޓެއްގައި ކިމް ހުރީ އޭނާގެ ހަށިގަނޑުގެ އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. ކިމްގެ މޫނުވެސް ވަނީ ކަޅުކުލައިގެ މާސްކަކުން ފޮރުވާފައެވެ. މި ހެދުމަކީ ކިމްގެ ފިރިމީހާ ޑިޒައިން ކުރި ހެދުމެކެވެ.