މުނިފޫހިފިލުވުން

ކޯލްޑް ޕްލޭ އާއި ބީޓީއެސްގެ "މައި ޔުނިވާރސް"


އިނގިރޭސިވިލާތުގެ ލެޖެންޑްރީ ރޮކް ބޭންޑް ކޯލްޑް ޕްލޭ އާއި ދެކުނު ކޮރެއާގެ ބޭންޑް ބީޓީއެސް ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތްކޮށް އުފައްދާފައިވާ "މައި ޔުނިވާރސް" މި މަހުގެ 24 ވަނަ ދުވަހު ރިލިޒްކުރަން ނިންމައިފިއެވެ.

މި ލަވަ މިހާރު ޕްރީ އޯޑަރވެސް ކުރެވޭނެއެވެ. އަދި ސިންގަލް ސީޑީގައިވެސް ލަވަ ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސީޑީ ލިބޭނެކަމަށް އިޢުލާނުކުރިތާ އެއް މިނިޓްވެސް ނުވެ ސީޑީ ވަނީ ވިކިފައެވެ.

މިދިޔަ އަހަރު ފެބްރުއަރީމަހު ބީޓީއެސްއިން ވަނީ ކޯލްޑް ޕްލޭގެ "ފިކްސް ފޯ ޔޫ" އަށް އެމްޓީވީ އަންޕްލަގް އެޕިސޯޑްގައި ޕާރފޯމް ކޮށްފައެވެ.

"މައި ޔުނިވާރސް" އާއިއެކު ދެ ގްރޫޕްގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެއްޖެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޯލްޑް ޕްލޭ މިހާރު ދަނީ އަންނަ އޮކްޓޫބަރު 15 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "މިޔުޒިކް އޮފް ދަ ސްފިއަރސް" ގެ މަސައްކަތްކުރަމުންނެވެ.