ކުޅިވަރު

ޔުވެންޓަސް އާއި މަލްމޯ އެފް އެފް ބައްދަލުކުރިމެޗް ޔުވެންޓަސް ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ޔުވެންޓަސް އާއި މަލްމޯ އެފް އެފް ބައްދަލުކުރިމެޗް ޔޫވެންޓަސް ކާމިޔާބުކޮށްފިއެވެ. މަލްމޯގެ ދަނޑުގައި ކުޅުނު މިމެޗް ޔޫވެންޓަސް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސްއިންނެވެ. މިމެޗްގެ ކުރީކޮޅު މަލްމޯއިން ޔޫވޭންޓަސްއަށް ނުރައްކާ ކުރި ނަމަވެސް މެޗްގެ 23 ވަނަ މިނެޓްގައި މެޗްގެ ފުރަތަމަ ލަނޑު ޔޫވޭންޓަސްއިން ޖެހުމާއެކު މެޗްގެ ކޮންޓްރޯލް ވަރަށް ބޮޑަށް ޔޫވޭންޓަސް ކޮޅަށް ބަދަލުވެގެންދިޔައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެލެކްސް ސަންޑްރޯއެވެ. ޔޫވޭންޓަސްއިން މިމެޗްގައި ޖެހި ދެވަނަ ލަނޑު މެޗްގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ޕައުލޯ ޑިބާލާއެވެ. އަދި އެޓީމުގެ ފަހު ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޔޫވޭންޓަސްއަށް ކާމޔާބުކޮށްދިން 14 ވަނަ ލަނޑެވެ.

މިކާމިޔާބީއާއެކު ޗެމްޕިއަންސް ލިގުގެ ފެށުން ޔޫވޭންޓަސްއަށް މިވަނީ ރަނގަޅު ވެފައެވެ. އަދި ސެރީއާގައި މިސީޒަންގައި މެޗަކުން މޮޅުވެފައިނުވުމުން މިއީ ޓީމަށް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ޓީމްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ފާހަގަ ކުރެއެވެ. 1996 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ތަށީގައި އަތް ލެވިފައިނުވާ ޔޫވޭންޓަސްއަށް ދެން އޮތީ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި އަމިއްލަ ދަނޑުގައި ބައްދަލުކުރާމެޗެވެ.