ޚަބަރު

އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ޤާނޫނަށް ބަދަލުގެންނަންޖެހޭ


ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވާ ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކާއި ޤާނޫނީ އޮނިގަނޑު މިހާރަށްވުރެ ފުރިހަމަވާން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާޒް ވިދާޅުވެއްޖެއެވެ.ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމްގެ ރައީސް އައިމިނަތު އީނާޒް ދެއްވި ޚިތާބުގައި ވިދާޅުވީ، އެޗްއާރްސީއެމްގެ މަސްއޫލިއްޔަތުތައް އަދާކުުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވާ ޙިމާޔަތްކޮށް، ދެމެހެއްޓުމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ޤާނޫނީ އޮނިގަޑު މިހާރަށްވުރެ ފުރިހަމަކުރަންޖެހޭ ކަމަށް އީނާޒް ވިދާޅުވިއެވެ.'' އިންސާނީ ޙައްޤުތައް ކުރިއަރުވާ ޙިމާޔަތްކޮށް، ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު މިހާރަށްވުރެ ފުރިހަމަކޮށް، ޙައްްޤުތައް ގެއްލޭ ފަރާތްތަކަށް އިންސާފު ލިބުމުގައި ހުރި ހުރަސްތައް ނައްތާލާ، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދީ، އަނެކުންގެ ޙަޢްްޤުތައް ނިކުޅައިގަންނަމުންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދިނުމުގެ މުހިންމުކަން ފާހަގަކުރުން '' އީނާޒް ވިދާޅުވިއެވެ.އީނާޒް ވިދާޅުވީ، އިޖުތިމާއި ރައްކާތެރިކަަމުގެ ނިޒާމު ހަރުދަނާކޮށް ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ލިބެންޖެހޭ ވަސީލަތްތަކާއި ނިޒާމުތައް ޤާއިމްކުރުން އަވަސްކޮށް، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ އާދަ ފަރުދީ ކޮންމެ މީހެއްގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.އީނާޒްގެ ދެއްވި ޚިތާބުގައި، އިންސާނީ ޙައްޤުތަކާ ޒިންމާތައް މުުޖުތަމައު އަހުލުވެރިކޮށް، ހޭލުންތެރިކުރުމަށް ނޫސްވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް އެފަދަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކު ގުޅިގެން މަސައްކަތްކުރަންޖެހޭޭ ކަން ފާހަގަކުރައްވާފައެވެ.މިއަަހަރުގެ މިހާތަނަށް އިންސާނީ ޙައްޤުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެ ކޮމިޝަނަށް 529 ޝަކުވާ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިޖުތިމާޢީ އަދި އިޤްތިސާދީ ޙައްޤު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަ ކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.މިދުވަސް ފާހަގަކުރަމުންދާއިރު ރާއްޖޭގައި އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތައް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތް އެކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކާއި، ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި، އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގުނު ޕްރޮގްރާމްތަކުގައި ޖުމްލަ 4198 ފަރާތަކަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އިންސާނީ ޙައްޤުތައް ހަމަހަމަކަމާއެކު އެއް މިންގަނޑެއްގައި ފޯރުކޮށް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޡަޤާފަތެއް ޤާއިމްކުރުމެވެ.