ދުނިޔެ

ކުންދުޒްގެ ހޮސްޕިޓަލަށް ދިން ހަމަލާ ތަހްޤީގް ކުރުމަށް ގޮވާލައިފި


މިއަހަރުގެ އޮކްޓޯބަރ މަހު އެމެރިކާގެ
އަސްކަރިއްޔާއިން އަފްޣާނިސްތާނުގެ ކުންދުޒްގައި ހުންނަ ހޮސްޕިޓަލަކަށް ދިން
ހަމަލާގެ މިނިވަން ތަހްޤީޤެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް، ބޭސްފަރުވާ ދިނުމާ ބެހޭ
ބައިނަލްއަޤްވާމީ ޖަމާޢަތް އެމް.އެސް.އެފްއިން އެމެރިކާ ސަރުކާރަށް ހުށަހަޅައިފިއެވެ.



އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ހަމަލާދިން
ހޮސްޕިޓަލަކީ އެމް.އެސް.އެފްއިން ހިންގާ ހޮސްޕިޓަލެކެވެ. މި ހަމަލާގައި މަރުވި 22
މީހުންގެ ތެރޭގައި އެމް.އެސް.އެފަށް ނިސްބަތްވާ 12 މީހުންވެސް ހިމެނެއެވެ.



މި ހަމަލާއަކީ އެމެރިކާގެ އަސްކަރިއްޔާއަށް އޮޅިގެން
ދެވުނު ހަމަލާއެއް ކަމަށް ހުސްވި މަހު އެމެރިކާއިން ވަނީ ބުނެފައެވެ. އެހެން
ނަމަވެސް، 1991 ވަނަ އަހަރު ޤާއިމުކޮށްފައިވާ ޖެނީވާ މުޢާހަދާގެ ދަށުން އުފައްދާފައިވާ
މިނިވަން ކޮމިޝަނުން މި ޙާދިސާގެ ތަހްޤީޤުކުރަން ޖެހޭ ކަމަށް އެމް.އެސް.އެފްގެ އިސްވެރިންވަނީ
ވިދާޅުވެފައެވެ.