ދުނިޔެ

އިންޑިއާާއާ ޕާކިސްތާނާ އަލުން މަޝްވަރާގެ މޭޒުދޮށަށް!


އިންޑިއާއާ ޕާކިސްތާނުގެ އިސްވެރިންގެ ދެމެދު ދާދި
އަވަހަށް މަޝްވަރާތައް އަލުން ފައްޓަވާނެ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު
ސުޝްމާ ސަވްރާޖް ވިދާޅުވެއްޖެވެ.



ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެން ނޫސްވެރިންނާ
ވާހަކަ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސަވްރާޖް ވިދާޅުވީ، ދެގައުމުގެ ދެމެދު ދޭދޭ ގުޅުމުގެ މަޝްވަރާތައް
އަލުން ފެއްޓެވުމަށް ދެފަރާތުން ނިންމަވާފައިވާ ކަމަށާ މި ވާހަކަތައް ކުރިއަށްދާނެ
ގޮތް ކަނޑައެޅުމުގެ މަސައްކަތް ދެގައުމުގެ ފޮރިން ސެކްރެޓަރީން މިހާރު
ކުރައްވަމުން ގެންދަވާ ކަމަށެވެ.



އިންޑިއާއާ ޕާކިސްތާނާ ދެމެދު އެންމެ ފަހުން ދޭދޭ
ގުޅުމުގެ މަޝްވަރާތައް ބާއްވާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ
ތެރޭގައެވެ.



ދެގައުމުގައި އިންތިޚާބު ބާއްވާ އާސަރުކާރުތައް
އެކުލަވާލި ފަހުން އަދި މިފަދަ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.