މުނިފޫހިފިލުވުން

ޑިސްކަވަރީގެ ރިއަލިޓީ ޝޯ ޝޫޓްކުރަން އަޖޭ ރާއްޖެއަށް


ޑިސްކަވަރީ ޗެނަލްގެ "އިންޓު ދަ ވައިލްޑް ވިތް ބެއަރ ގްރިލްސް" ގެ މަންޒަރުތައް ޝޫޓްކުރަން މި ފަހަރު ހަމަޖެހިފައި މި އޮތީ ރާއްޖޭގައެވެ. މި ސީރީޒްގެ ދެން އޮތް އެޕިސޯޑުން ފެންނަނީ ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަންއެވެ. މި އެޕިސޯޑް ނެގުމަށް ޕްރޮޑަކްޝަން ޓީމާއި އެކު އިއްޔެ އަޖޭ ރާޢްޖެ އަންނާކަމަށް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް މި އެޕިސޯޑް ޝޫޓްކުރަނީ ރާއްޖޭގެ ކޮން ހިސާބެއްގެކަމެއް އަދި ނޭނގެއެވެ.

ޑިސްކަވަރީގެ މި ޝޯގައި އެންމެ ފަހުން ބައިވެރިވީ ރަޖްނީކާންތާއި އަކްޝޭ ކުމާރެވެ. ތަފާތު ސަރަހައްދުތަކަށް ގެންގޮސް އެކި ކަހަލަ ސްޓަންޓް ހައްދުވާ އަމިއްލައަށް ސަވައިވްވާން ޖެހޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ޝޯގެ އަޖޭގެ އެޕިސޯޑް ފުރަތަމަ ދައްކާނީ ޑިޒްނީ އެޕުންނެވެ.

މި ޝޯގައި އަކްޝޭއާއި ރަޖްނީ ކާންތު ބައިވެރި އެޕިސޯޑް ޝޫޓްކޮށްފައިވަނީ ކަރަނާޓަކާގެ "ބަންޑީޕޫރް ނޭޝަނަލް ޕާކް އެންޑް ޓައިގަރ ރިސާރވް" ގައެވެ.