ވިޔަފާރި

އެކްސްޕޯގައި ބައިވެރިކުރި ތަކެއްޗަށް އިންސާފުކުރުން މާދަމާ


އެކްސްޕޯ މޯލްޑިވްސް
2015ގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ޖަޖްކުރުމުގެ މަސައްކަތް މާދަމާ
ފެށޭނެކަމަށް މައުރަޒު އޮފީހުން ވިދާޅުވެއްޖެއެވެ.





މައުރަޒުގައި
ބައިވެރިކޮށްފައިވާ އުފެއްދުންތައް ޖަޖްކުރުމުގެ މަސައްކަތް މާދަމާ ފެށޭއިރު
މައުރަޒުގައި 65 ދާއިރާއަކުން ދެހާހަށްވުރެ ގިނަ އައިޓަމް
ބައިވެރިކޮށްފައިވެއެވެ. މައުރަޒު އޮފީހުން ވިދާޅުވީ އުފެއްދުންތައް ޖަޖްކުރާނީ ކޮންމެ
އުފެއްދުމަކަށްވެސް ޚާއްޞަ ކޯޑެއް ދީގެން ޖަޖްކުރުމަށްޓަކާ ޚާއްޞަކޮށް
އުފައްދާފައިވާ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެންކަމަށެވެ.



މިފަހަރުގެ އެކްސްޕޯގައި ރާއްޖޭގައި
އާންމުކޮށް ކޮށްއުޅޭ މަސައްކަތްތަކުގެ ތެރެއިން ހޮވާލެވޭ 10 މަސައްކަތެއް، މައުރަޒު
ހިނގަމުންދާއިރު، އެ މަސައްކަތްތައް ކުރަމުންދާގޮތް އުސްފަސްގަޑުގައި  ދައްލާލުމަށް ހަމަޖެހިފައިވާކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއްވައެވެ.





މައުރަޒު އޮފީހުން
ވިދާޅުވީ އެ އޮފީހުގެ އަމާޒަކީ މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާ ކޮންމެ
ފަރާތަކީ ވިޔަފާރިވެރިއަކަށް ހެއްދެވުންކަމަށެވެ. އެގޮތުން މިފަހަރުގެ މައުރަޒުގެ
ތެރޭގައިވެސް އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތުތައް ފަހިކޮށްދީފައިވާކަމަށާ
އަދި މާކެޓް ކުރެވޭނެ އުފެއްދުންތައް ޗައިނާގައި އޮންނަ ކުންމިންގ ފެއާގައި
ބައިވެރިކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދެއްވާނެކަމަށް މައުރަޒު އޮފީހުން މަޢުލޫމާތުދެއްވައެވެ.





އެކްސްޕޯ މޯލްޑިވްސް
2015 ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ބާވީހުން އަށާވީހަށް ދަރުބާރުގޭގައެވެ.