ދުނިޔެ

ކަންދަހާރުގެ އެއާޕޯޓަށް ދިން ހަމަލާއެއްގައި 14 މީހުން މަރުވެއްޖެ


އަފްޣާނިސްތާނުގެ ކަންދަހާރުގައި ހުންނަ ވައިގެ ބަނދަރަށް ޠާލިބާން ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ.އަފްޣާނިސްތާނުގެ ދެކުނުގައި އޮންނަ މި ވައިގެ ބަނދަރަށް ތާލިބާނު ހަނގުރާމަވެރިން ދިން ހަމަލާއަށް ފަހު، ހަނގުރާމަވެރިންނާ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ޚަބަރު ލިބެއެވެ.މި ކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ 9 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.މި ވައިގެ ބަނދަރަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާއާ ނޭޓޯގެ އަސްކަރިއްޔާއިން ބޭނުން ކުރާ ވައިގެ ބަނދަރެއް ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ވަނީ ބުނެފައެވެ.ކަންދަހާރުގައި ހުންނަ ވައިގެ ބަނދަރަށް ތާލިބާނު ހަނގުރާމަވެރިން ހަމަލާ ދީފައި މިވަނީ އަފްޣާނިސްތާނުގެ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާތައް ކުރުމަށް ސަރަހައްދުގެ ލީޑަރުން ޕާކިސްތާނުގައި ބައްދަލުކުރެއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.