ކުޅިވަރު

ފަރަންސޭސިވިލާތާއި ފިންލަންޑް ބައްދަލުކުރިމެޗް ފަރަންސޭސީން ކާމިޔާބުކޮށްފި


ވޯލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޑީ ގައި ފަރަންސޭސިވިލާތާއި ފިންލަންޑް ބައްދަލުކުރިމެޗް ފަރަންސޭސިވިލާތް ކާމިޔާބުކޮށްފިއެވެ. މިމެޗް ފަރަންސޭސީން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސީންނެވެ. މިމެޗްގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ގްރީޒްމަންއެވެ. މިއީ އޭނާ ފަރަންސޭސި ޤައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ތިން މެޗްގައި ޖަހައިދިން ތިންވަނަ ލަނޑެވެ.

މިކާމިޔާބީއާއެކު ފަރަންސޭސިވިލާތް މިހާރު އުޅެނީ ގްރޫޕް ޑީގައި ކުޅުނު 6 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގާ އުޅެނީ ފަސް ޕޮއިންޓް ލިބިފައިވާ ޔޫކްރެއިންއެވެ.