ދުނިޔޭގެ ވިޔަފާރި

ކޯވިޑް ރިލީފްގެ ގޮތުގައި ބޮޑު ބަޖެޓެއް ތައިލޭންޑުން ފާސްކޮށްފި


ކޯވިޑްގެ ބަލިމަޑުކަމާހެދި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އުދަގޫތަކާއި ކުރިމަތިލާންޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ކޯވިޑް ރިލީފްގެގޮތުގައި 17 ބިލިއަން ބަޓް ނުވަތަ 521 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ތައިލޭންޑުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މީގެތެރެއިން 16.1 ބިލިއަން ބަޓް ދިނުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ 13 ޕްރޮވިންސެއްގެ މުވަޒަފުންނަށާއި ވަޒީފާދޭ ފަރާތްތަކަށެވެ. އަދި 862 މިލިއަން ބަޓް ދިނުމަށް ހަމަޖެހިފައިވަނީ މީގެކުރިން މިފަދަ އެހީއެއް ނުލިބޭ ފަރާތްތަކަށްކަމަށް ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީވެދިނުމުގެގޮތުން ސަރުކާރުން މިހާތަނަށްވަނީ 34 ބިލިއަން ބަޓް ދިނުމަށް އެއްބަސްވެފައި ކަމަށްވެސް އޮފިޝަލް ވިދާޅުވެއެވެ.

މީގެއިތުރުން މަދުން ޢާމްދަނީ ލިބޭ ފަރާތްތަކަށް ހައުސިންގް ލޯނުގެ ގޮތުގައި 20 ބިލިއަން ބަޓް ދިނުމަށްވެސް ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.