މުނިފޫހިފިލުވުން

އަކްޝޭ އާދަޔާ ހިލާފަށް ފަލަ މީހެއްގެ ރޯލުން


"ބެލް ބޮޓަމް" ރިލީޒްކުރުމަށްފަހު އިތުރު ފިލްމުތައް ކުރިއަށް ހުއްޓައި ބޮލީވުޑް ތަރި އަކްޝޭ ކުމާރު އަނެއްކާވެސް މިވަނީ އެހެން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެފައެވެ.

އަކްޝޭގެ މިފަހަރުގެ ފިލްމަކީ ސޮނާކްޝީ ސިންހާއާއިއެކު ފެންނާނެކަމަށް ބެލެވޭ ޑައިރެކްޓަރ މުދައްސިރު ޢަޒިޒުގެ ކޮމެޑީ ފިލްމު "ޓޫއެކްސްއެލް" އެވެ.

އަޝްވަނީ ވަރްދޭ ޕްރޮޑިއުސް ކުރާ މި ފިލްމަށް މިހާރު އަކްޝޭ ވަނީ ސޮއިވެސްކޮށްފައެވެ.

އަކްޝޭކުމާރުގެ ތަފާތު ރޯލެއް މި ފިލްމުގައި ފެނިގެންދާނެކަމަށާއި އަދި މި ފިލްމުގައި އަކްޝޭ ފެންނާނީ އާދަޔާ ޚިލާފަށް ފަލަ މީހެއްގެގޮތުގައި ކަމަށްވެސް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. މި ފިލްމަށްް އަކްޝޭ ތައްޔާރުކުރުމުގައި މަސައްކަތް ކުރާނީ ހޮލީވުޑްގެ މަޝްހޫރު މޭކަޕް އާޓިސްޓުންކަމަށް ވެއެވެ.

މި ފިލްމުގައި އަކްޝޭ ކުޅޭ ރޯލް ހޮލީވުޑްގެ ފިލްމް ނަޓީ ޕްރޮފެސަރގައި އެޑީ މާފީ ކުޅުނު ރޯލާއި ދާދި އެއްގޮތް ވާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.