މުނިފޫހިފިލުވުން

ކާޑީ ބީ އަށް މިފަހަރު ފިރިހެން ކުއްޖެއް


ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އާއި ފިރިމީހާ އޮފްސެޓް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ. މިއީ މި ދެތަރިން ލިބުނު ދެވަނަ ކުއްޖާއެވެ. ދެތަރިންނަށް މީގެ ކުރިން ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

ދެ ވަނަ ދަރިފުޅަށް ބަލިވެއިންކަން ކާޑީ ބީ އިއުލާން ކުރީ މިދިޔަ ޖޫން މަހު ބޭއްވި ބެޓް އެވޯޑްގައި އޭނާގެ ފިރިމީހާ އަދި ގްރޫޕް މިގޯސް އާއިއެކު ޕާރފޯމްކުރުމުގެ ތެރެއިންނެވެ. ބަލިވެ އިނދެވެސް ގިނަ ލަވަތަކެއްގައި ކާޑީ ބީ ވަނީ ހަރަކާތްތެރިވެފަ އެވެ.

މިއީ ކާޑީ ބީގެ ދެވަނަ ދަރިފުޅު ނަމަވެސް ކުރީގެ ކައިވެނިތަކުން އޮފްސެޓަށް މީގެކުރިން ވަނީ 3 ކުދިން ލިބިފައެވެ. އަދި ކާޑީބީގެ މި ދަރިފުޅާއިއެކު އޮފްސެޓަށް މިހާރު މިވަނީ 5 ކުދިން ލިބިފައެވެ.

28 އަހަރުގެ ކާޑީ ބީ އާއި އޮފްސެޓާއި ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އޭގެފަހުން މިދިޔަ އަހަރު ފަހުކޮޅު މި ދެތަރިން ވަރިވާން އުޅޭކަމުގެ ވާހަކަތަކެއްވެސް ފެންމަތިވިއެވެ. ކާޑީ ބީ އާއި އޮފްސެޓްގެ ފުރަތަމަ ދަރިފުޅު ކަލްޗާ ކިޔާރީ ލިބިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ.