މުނިފޫހިފިލުވުން

"ލައިގަ'" ގައި އިންޑިއަން އައިޑޮލް ތަރި ޝަންމުކާ ޕްރިޔާގެ ލަވައެއް


ދެކުނު ސިނަމާގެ ތަރި ވިޖޭ ދެވަރަކޮންޑާގެ ފިލްމު "ލައިގަ" އިޢުލާނުކުރީއްސުރެ މި ފިލްމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

އަނެއްކާވެސް މި ވަނީ މި ފިލްމާއި ގުޅޭ އައު ވާހަކަތަކެއް އިވިފައެވެ. އިންޑިއަން އައިޑިލްގެ ސީޒަން 12 ގެ ތަރި ޝަންމުކާ ޕްރިޔާގެ ލަވައެއް މި ފިލްމުގައި ހިމަނަން ނިންމި ވާހަކައެވެ. ފިލްމުގައި ޝަންމުކާ ލަވައެއް ހިމަނަން ނިންމާ އެނާ ފިލްމަށް ކިޔާނީ ކޮން ލަވައެއްތޯ ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ޕްރޮޑަކްޝަން ޓީމުން ދަނީ ކުރަމުންނެވެ.

އިންޑިއަން އައިޑޮލްގެ ފައިނަލްގަި ވާދަކުރި ހަ ބައިވެރިންގެ ތެެރޭގައި ހިމެނުނު ޝަންމުކާގެ ލަވަކިޔުން އެހެން ބައިވެރިންނަށް ވުރެ ތަފާތެވެ.

ރޮމޭންޓިކް ސްޕޯރޓްސް އެކްޝަން މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ 2011 ވަނަ އަހަރު ފިލްމީ ކެރިއަރ ފެށި ތެލުގޫ އެކްޓަރ ވިޖޭ ދެވަރަކޮންޑާއާއި ފިލްމު "ސްޓޫޑަންޓް އޮފް ދަ ޔިއަރ 2" ގެ ތަރި އަނަންޔާ ޕާންޑޭއެވެ. މި ފިލްމުގައި ވިޖޭ ފެނިގެންދަނީ ބޮކްސިން ކުޅުންތެރިއެއްގެ ރޯލުންނެވެ.

ވިޖޭ އަކީ މިހާރު ތެލެގޫ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. އޭނާގެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2017 ގެ ނެރުނު ތެލުގޫ ފިލްމު "އަރުޖުން ރެޑީ" އިންނެވެ. އޭގެ ހިންދީ ރިމޭކް 2019 ގައި ޝާހިދު ކަޕޫރާ އެކު ގެނެސްދިނީ "ކަބީރް ސިންގް" ގެ ނަމުގައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމުގެ ޓީޒަރ ރިލީޒްކުރުންވަނީ ފަސްކޮށްފައެވެ. ހިންދީ، ތަމަޅަ، މަލަޔާލަމް، ކަނަޑާ އަދި ތެލުގޫ ބަހުންވެސް ރިލިޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ކަރަން ޖޯހަރް އަދި ޗަރަމް ކޯރްއެވެ.