ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުގައި ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވަނީ


ސިންގަޕޫރުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ޖުލައިމަހު އިތުރުވެއްޖެކަމަށް އެޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

މީގެއިތުރުން ސިންގަޕޫރުގައި ވަޒީފާނެތްމީހުންގެ ނިސްބަތް އިތުރުވެފައި މިވަނީ ފޭސް 2ގެ މުއްދަތު ކަމަށްވާ މެއި 16އިން ޖޫން 13އަށް ބައެއް ދާއިރާތަކުގައި މަސައްކަތްތެރިންނަށް އޮތް ޑިމާންޑު ދަށްވުމާ ގުޅިގެންކަމަށް މަސައްކަތްތެރިންނާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން ޖުލައި މަހުގެ ޖުމުލައަށް ބަލާއިރު ވަޒީފާނެތް މީހުންގެ ނިސްބަތް %2.8އަށް އިތުރުވެފައިވެއެވެ. މިއީ މިދިޔައަހަރާ އަޅާބަލާއިރު %0.1ގެ އިތުރު ޢަދަދެކެވެ.

ވަޒީފާނެތް މީހުންގެ ނިސްބަތް ޖުމުލަގޮތެއްގައި އިތުރުވެފައިވާއިރު ރެސިޑެންޓް އަންއެމްޕްލޯއިމެންޓް %3.5އިން %3.7އަށް ވަނީ އިތުރުވެފައެވެ. މީގެއިތުރުން ސިޓިޒަން އަންއެމްޕްލޯއިމެންޓް ރޭޓް ވަނީ %3.7އިން %3.9އަށް އިތުރުވެފައެވެ. މިއާއިއެކު ރެސިޑެންޓް އަންއެޕްމްލޯއިޑްގެ ގޮތުގައި 87،300 މީހުން ތިބިއިރު ސިޓިޒަން އިންއެމްޕްލޯއިޑްގެ ގޮތުގައި 77،200 މީހުން ސިންގަޕޫރުގައި އެބަތިއްބެވެ.

މިކަމާގުޅިގެން މަސައްކަތްތެރިންނާބެހޭ ވަޒީރު ޓެން ސީ ލެންގް ވިދާޅުވީ ވަޒީފާނެތް މީހުންގެ ނިސްބަތް ސިންގަޕޫރުގައި އިތުރުވެފައިމިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިއޮތް ފިޔަވަޅުތަކާއިހެދި މަސައްކަތްތެރިންނަށް އޮތް ޑިމާންޑްދަށްވުމުގެ ސަބަބުންނެވެ. އަދި ކުރިއަށްއޮތްތަނުގައި ސިންގަޕޫރަކީ ކޯވިޑް ކޮންޓްރޯލްކޮށްފައި ޤައުމަކަށް ވެގެންދާނެކަމަށާއި މިއާއެކު މަސައްކަތްތެރިންނަށް އޮންނަ ޑިމާންޑް އިތުރުވެ ވަޒީފާގެ ބާޒާރު ރަގަޅުވެގެންދާނެކަމަށެވެ.

މަސައްކަތްތެރިންނާ ބެހޭ ވުޒާރާއިން ދަނީ ވަޒީފާނެތް މީހުންގެ ނިސްބަތާއި އިތުރު އެހެން މަޢުލޫމާތު މިއަހަރުން ފެށިގެން މަހުން މަހުން އާންމުކުރަމުންނެވެ. މީގެކުރިން މި ހިސާބުތައް ޢާންމުކުރަނީ ކުއާޓަރުތަކަށް ބަހާލައިގެންނެވެ.