ކުޅިވަރު

އެސްޓޯނިއާ އާއި ބައްދަލުކުރިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފި


ވާރލްޑް ކަޕް ކޮލިފައިންގގެ ޔޫރަޕްގެ ސަރަޙައްދުގެ ގްރޫޕް އީގައި ބެލްޖިއަމް އާއި އެސްޓޯނިއާ ބައްދަލުކުރިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ. އެސްޓޯނިއާގެ ޓަލިންގައި ކުޅުނު މިމެޗް ފަހަތުން އަރާ ބެލްޖިއަމް މޮޅުވީ 5 ލަނޑު ދެލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ޙަމަލާ އުފައްދާފައިވަނީ ބެލްޖިއަމްއެވެ. ނަމަވެސް ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު މިމެޗްގެ ލީޑު ނަގާފައިވަނީ އެސްޓޯނިއާއެވެ. މިލަނޑު މެޗްގެ ދެވަނަ މިނެޓްގައި ޖަހައިދިނީ އެސްޓޯނިއާގެ ކެޕްޓަން މަތިއަސް ކައިޓީއެވެ. މިމެޗްގައި ބެލްޖިއަމްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހައިދިނީ ހާންސް ވަނަކެންއެވެ. އަދި މިމެޗްގައި ފުރަތަމަ ފަހަރަށް ބެލްޖިއަމްއަށް ލީޑު ނެގުނީ މެޗްގެ 29 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ޖަހައިދިން ލަނޑުންނެވެ. އަދި މެޗްގެ 52 ވަނަ މިނެޓްގައި ލުކާކޫ ޖަހައިދިން ދެވަނަ ލަނޑާއެކު ބެލްޖިއަމްގެ ލީޑު ފުޅާވެގެންދިޔައެވެ. މިމެޗްގައި ބެލްޖިއަމްގެ ފަހު ދެވަލަނޑު ޖަހައިދީފައިވަނީ 65 ވަނަ މިނެޓްގައި އެކްސެލް ވިޓްސެލް އާއި 76 ވަނަ މިނެޓްގައި ތޯމަސް ފޮކެތްއެވެ. މިމެޗްގައި ބެލްޖިއަމްގެ ދެވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދިނީ އެރިކް ސޯގާއެވެ.

މިކާމިޔާބީއާއެކު ބެލްޖިއަމް މިހާރު އުޅޭނީ ގްރޫޕް އީ ގައި މިހާތަނަށް ކުޅުނު 4 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. މިގްރޫޕްގެ ދެވަނައިގައި އުޅެނީ ބެލަރޫސް އެއްލަނޑު ސުންލަނޑުން ރޭ ބަލިކުރި ޗެކް ރިޕަބްލިކެވެ. ޗެކް ރިޕަބްލިކަށް 4 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ.