ދުނިޔޭގެ ވިޔަފާރި

ޒާތީ މަޢުލޫމާތުގެ ހާމަކުރުމުގެ ސަބަބުން އަޔަރލޭންޑުން ވަޓްސްއެޕް ޖޫރިމަނާކޮށްފި


ޔޫރަޕް އިއްޠިޙާދުގެ ޓްރާންސްޕޭރެންސީ ޤާނޫނާއި ޚިލާފަށް މީހުންގެ ޒާތީ މަޢުލޫމާތު އެހެން ކުންފުނިތަކާއި ޙިއްޞާކުރާކަމަށް ތުޙުމަތުކޮށް އަޔަރލޭންޑްގެ ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޓަރ އިން 225 މިލިއަން ޔޫރޯއިން ވަޓްސްއެޕް ޖޫރިމަނާކޮށްފިއެވެ.

ވަޓްސް އެޕުން ބުނީ ޖޫރިމަނާކޮށްފައިވާ އަދަދަކީ ސައްޚަ ޢަދަދެއް ނޫންކަމަށާއި އިސްޠިޢުނާފަށް ހުށަހަޅާނެކަމަށެވެ. ނަމަވެސް މި ޢަދަދަކީ ޖުލައިމަހު ލަކްސްމްބާރގްގެ ޕްރައިވެސީ އޭޖެންސީ އަކުން އެމެޒޯން ޖޫރިމަނާކޮށްފައިވާ ޢަދަދަށްވުރެ ކުޑަ ޢަދަދެކެވެ. އެމެޒޯން ޖޫރިމަނާކޮށްފައިވަނީ 886.6 މިލިއަން އެމެރިކާ ޑޮލަރުންނެވެ.

ޔޫރަޕް އިއްޠިޙާދުގެ ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިޔުލޭޝަން (ޖީޑީޕީއާރް) އާއި ވަޓްސްއެޕުން ޚިލާފުވެފައިވާ ވޭތޯ ބެލުމަށްޓަކައި މި ތަޙްޤީޤު ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

އަދި މިއީ މި ޤާނޫނާއި ޚިލާފުވެފައިވާކަމަށް ކަނޑައަޅައި 450000 ޔޫރޯއިން ޓްވިޓަރ ޖޫރިމަނާކުރިފަހުން ޑިޕީސީން ދެވަނައަށް އަދި އެންމެ ބޮޑު ޢަދަދަކުން ޖޫރިމަނާކުރި ފަހަރެވެ.