ދީން

އިމާމުންގެ ފެންވަރުމަތި ކުރުމަށް ތަމްރީނުކުރަނީ


އިމާމުންގެ
ފެންވަރުމަތިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުންގެ
އިސްލާމިކް ޔުނިވަރސިޓީއާ ގުޅިގެން ޑިޕްލޮމާ ފެންވަރުގެ ކޯހަކުން އިމާމުންނަށް ޖާގަ ހަމަޖައްސަވާފައިވާކަމަށް
އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.





އިސްލާމިކް މިނިސްޓްރީގެ
ޑެޕިއުޓީ މިނިސްޓަރ ޝައިޚް އިބްރާހިމް އަހުމަދު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީން
ހިންގަވާ ޑިޕްލޮމާ ފެންވަރުގެ ކޯހަކުން އެމިނިސްޓްރީން ސްޕޮންސަރކޮށްގެން
އިމާމުންނަށް 30 ޖާގަ މިހާރު ހަމަޖައްސަވާފައިވާކަމަށެވެ. އަދި މިކޯހުގައި
ބައިވެރިވާން އެދޭފަރާތްތަކަށް އެކަމަށް ފުރުޞަތު ހުޅުވާލެވިފައިވާކަމަށްވެސް ޝައިޚް
އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.



ރާއްޖޭގެ
މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި އެނޫން މުވައްޒަފުން ދާދިފަހުން އިސްލާމިކް
މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާއިރު އޭގެ ތެރޭގައި ޖުމްލަ 1650
މުއައްޒަފުން ހިމެނެއެވެ. 



އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިމާމުންގެ
ފެންވަރުމަތިކުރުމުގެ މަސައްކަތަކީ މިސްކިތްތަކުގައި މަސައްކަތްކުރާ
އިމާމުންނަކީ މިސްކިތްތަކުގައި ބަންގި ގޮވާ އިމާމުވެ ނަމާދުކުރުމުގެ އިތުރުން ރައްޔިތުންނަށް ދީނީ ހޭލުންތެރިކަން
އިތުރުކުރުމަށް އެކިއެކި މަސައްކަތްތައްވެސް ކުރެވޭ ބަޔަކަށް ހެއްދެވުމަށް
ކުރައްވާ މަސައްކަތެއްކަމަށެވެ. 



ރާއްޖޭގައި ދީނީ ދަރުސްދެނީ އިސްލާމިކް މިނިސްޓްރީން
ޚާއްޞަ ހުއްދައެއް ލިބިގެންނެވެ. މިގޮތުން މިހާރުވެސް ދީނީ ދަރުސްދިނުމުގެ ހުއްދަ
އެމިނިސްޓްރީން ތިންސަތޭކައަށްވުރެ ގިނަ ފަރާތަކަށް ދޫކުރައްވާފައިވާކަމަށް
އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.