މުނިފޫހިފިލުވުން

ފަރްހާނާއި ރިތޭޝް ނެޓް ފިލިކްސްއާއި އެކު ބޮޑު ޑީލެއް


އެކްސެލް އެންޓަރޓެއިންމެންޓް ބެނަރގެ ދަށުގައި ކާމިޔާބު އެކްޓަރ، ޑައިރެކްޓަރ ޕްރޮޑިއުސަރ ފަރްހާން އަހްތަރާއި ރިތޭޝް ސިދްވާނީ ވަނީ "ޠޫފާން" ، "ލަކްޝަޔާ" ، "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ، "ރޮކް އޮން" "ދިލް ޗަހަތޭ" ފަދަ ރީތި މޮޅު ފިލްމުތަކެއް ދޫކޮށްލާފައެވެ. މި ފަހަރު ފަރްހާނާއި ރިތޭޝް މިވަނީ ނެޓް ފިލްކްސާއި އެކު ބޮޑު ޑީލެއް ހަދާފައެވެ.

މި ޑީލްގެ ދަށުން އެކްސެލް އެންޓަރޓެއިންމަންޓްގެ ސިރީޒް ބެނަރ އެކްސެލް މީޑިއާ އެންޑް އެންޓަރޓެއިންމަންޓުން ނެޓް ފިލްކްސަށް ގިނަ ސީރީޒްތަކެއް ހަދަން ވަނީ ހަމަޖެހިފައެވެ. ނެޓްފްލިކްސްގެ 190 މެމްބަރު ޤައުމުތަކަށް ފެންނަގޮތަށް ފަރްހާނާއި ރިތޭޝް ފުރަތަމަ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވަނީ "ޑައްބާ ކާޓެލް" އަދި "ކުއީން އޮފް ދަ ހިލް" މި ދެ ސީރީޒެވެ.

"ޑައްބާ ކާޓެލް"ގައި ގެނެސްދެނީ ގޮތް ނޭގޭ ސިއްރު ވިޔަފާރިއެއް ހިންގާ 5 އަންހެނުންގެ ވާހަކަތަކެވެ. އަދި "ކުއީން އޮފް ދަ ހިލް" ގައި ދައްކާނީ ކާމިޔާބު ބޭނުންވާ ދެ އަންހެނުންގެ ގުޅުމުގެ ސަބަބުން މުމްބާއި ސިޓީ މުޅިން ބަދަލުވެގެންދާގޮތެވެ.

އެކްސެލްގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ރިތޭޝް އަދި ފަރްޙާން ބުނިގޮތުގައި ރީތި ވާހަކަތައް ގެނެސްދިނުމުގައި 20 އަހަރު އުޅުމަށްފަހު ނެޓްފްލިކްސާއި ގުޅުމުން މި ހުޅުވުނީ އަނެއްކާވެސް އައު ދޮރެއްކަމަށެވެ. އަދި އިންޑިއަން އޯޑިއަންސް ޝައުޤުވެރިވާ ކަހަލަ ވާހަކަތައް ކުރިއަށް އޮތްނުގައިވެސް ގެނެސްދޭނެކަމަށް ފަރްހާނާއި ރިތޭޝް ބުނެއެވެ.

ފަރްހާނާއި ރިތޭޝް ދާދި ފަހުންވަނީ އެމީހުން އުފެއްދި ކާމިޔާބު ފިލްމު "ދިލް ޗަހަތާ ހޭ" އަށް 20 އަހަރު ފުރުން ފާހަގަކޮށްފައެވެ. އަދި އެ އުފަލާއި ދިމާކޮށް ޕްރިޔަންކާ، އާލިއާ އަދި ކެތްރީނާ ހިމަނައިގެން " ޖީލޭ ޒަރާ" ގެ ނަމުގައި މުޅިން އައު ފިލްމެއްވެސް ވަނީ އިއުލާންކޮށްފައެވެ.