ވިޔަފާރި

"ދޮވެމި" ފިހާރައިން ރިޗުއަލްސްގެ އުފެއްދުންތައް ރާއްޖެއަށް


ވެލާނާ އިންޓަރނޭޝަނަށް އެއަރޕޯޓުގައި ހިންގާ 'ދޮވެމި' ފިހާރައިން ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ރިޗުއަލްސް'ގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މި ބްރޭންޑް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވަނީ ޚާއްސަ އިވެންޓެއްވެސް ބާއްވާފައެވެ.

އެމްއޭސީއެލްއިން ބުނީ ދޮވެމި ފިހާރައިން 'ރިޗުއަލްސް' ބްރޭންޑުގެ ތަފާތު އެކި އުފެއްދުންތައް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެ ބްރޭންޑުގެ ސެންޓާއި، ލޯޝަނާއި، ގައިގެ ހަންގަނޑު އަވިން ރައްކާތެރިކޮށްދޭ އެކި ކަހަލަ ކްރީމްތައް ހިމެނެއެވެ.

އެމްސްޓަޑަމްގެ ބްރޭންޑެއް ކަމަށްވާ ރިޗުއަލްސް އަކީ 2000 ވަނަ އަހަރު ބާޒާރަށް ނެރެފައިވާ ބްރޭންޑެކެވެ. އަދި މިހާރު ދުނިޔޭގެ 90އަށްވުރެ ގިނަ ޤައުމުން މި ބްރޭންޑްގެ އުފެއްދުންތައް ލިބެން ހުރެއެވެ.

ދޮވެމި ފިހާރައަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަލް ޓަރމިނަލްގައި އެމް.އޭ.ސީ.އެލްއިން 2014 ވަނަ އަހަރު ހުޅުވި ފިހާރައެކެވެ. މި ފިހާރަ ޚާއްސަކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ރީތިވާ ސާމާނާއި ސެންޓާއި އަވި އައިނާއި އަތުކުރި ގަޑިފަދަ އުފެއްދުންތަކަށެވެ.