ކުޅިވަރު

ކެޕްޓަން ހެންޑަސަން ލިވަޕޫލްގައި މަޑުކުރަން ނިންމައިފި


2025 ވަނަ އަހަރާއި ހަމައަށް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެޓީމުގައި މަޑުކުރަން ނިންމައިފިއެވެ. ޖޯޑަން ހެންޑަސަން އެޓީމުގައި މަޑުކުރަން ނިންމާފައިވާއިރު، އޭނާގެ ކޮޓްރެކްޓް އާކުރުމާއި ބެހޭގޮތުން ވާހަކަދައްކަމުން އައިސްފައިވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ޖޯޑަން ހެންޑަސަން ކޮންޓްރެކްޓް އާނުކޮށް ގިނަ ދުވަސްތަކެއް ވުމާއިއެކު ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވަނީ އޭނާ ދޫކޮށްލަން ލިވަޕޫލުން މަސައްކަތް ކުރާކަމަށެވެ.

ހެންޑަސަންއަކީ ފަހުގެ ތާރީޚުގައި ލިވަޕޫލުން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. ހެންޑަސަންގެ ކެޕްޓަންކަމުގެ ދަށުން ލިވަޕޫލުން ވަނީ 30 އަހަރަށްދަހު ޕްރިމިއަރ ލީގް އާއި ޔޫއެފްއާ ޗެންޕިއަންސް ލީގް ކާމިޔާބުކޮށްފައެވެ. އަދި ފީފާ ކުލަބް ވޯލްޑް ކަޕްގެ އިތުރުން ސުޕަރ ކަޕްވެސް ލިވަޕޫލުން ކާމިޔާބުކޮށްފައި ވަނީ ޖޯޑަން ހެންޑަސަންގެ ކެޕްޓަން ކަމުގެ ދަށުންނެވެ. ހެންޑަސަން ވަނީ މިހާތަނަށް ލިވަޕޫލަށް 394 މެޗް ކުޅެދީ 30 ލަނޑު ޖަހާފައެވެ.