ޚަބަރު

އަންނަ އަހަރުގެ އެޑެކްސެލް އޭއެސް އިމްތިޙާނު ފަސްކޮށްފި


ގްރޭޑް 11ގެ ދަރިވަރުން ހަދާ ފުރަތަމަ އިމްތިހާން، އެޑެކްސަލް އޭއެސް އިމްތިހާން ބާއްވާ ތާރިޚް އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްފިއެވެ.

އެ މިނިސްޓްރީން އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ މެއި، ޖޫންގައި އޭއެސް އިމްތިހާނު ބާއްވާށެވެ. އެހެންނަމަވެސް އަންނަ މަހުގެ 26 ގައި ގްރޭޑު 11ގެ ދަރިވަރުން ކިޔެވުން ފެށުމަށް ހަމަޖެހިފައިވާތީ މެއި މަހު އިމްތިހާނު ހެދުމަށް ދަރިވަރުންނަށް ފުރިހަމައަށް ތައްޔާރުނުވެވޭނެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމުން މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ވިދާޅުވެފައިވަނީ މިދިޔަ އާދިއްތަދުވަހު ޕްރިންސްޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސްކޫލްތަކުން ހުށައަޅާފައިވާ ގޮތަށް މަތީ ޘާނަވީ ފަށާ ގްރޭޑް 11ގެ ދަރިވަރުން އެޑެކްސަލް އޭ އެސް ލެވެލްގެ އިމާތިހާން އަންނަ އަހަރުގެ އޮކްޓޫބަރ / ނޮވެމްބަރުގައި ބޭއްވުމާށް ނިންމާފައިވާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމގެ އިތުރަށް ދަރިވަރުންގެ އިމްތިހާންތަކަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މިގޮތުން މިދިޔަ އަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިހާން ބާއްވަން ފުރަތަމަ ތާވަލްކުރި ދުވަހަށް ނުބޭއްވި ދިގުލައިގެން ދިޔައެވެ. މިގޮތުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ބާއްވާފައިވަނީ މިއަހަރުގައެވެ. އަދި އޭލެވެލް އިމްތިހާންގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން އެ އިމްތާހާން ކެންސަލްކުރިއެވެ.

އެހެންނަމަވެސް އަވަހަށް އިމްތިހާން ހަދަން ބޭނުންވި ދަރިވަރުންނަށް ޓީޗަރ ބޭސްޑް އެސެސްމަންޓްއަކާި މިއހަރުގެ އޮކްޓޫބަރު ނޮވެމްބަރުގައި އިމްތިހާން ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލިއެވެ.