ކުޅިވަރު

ލިޕްޒިގްގެ ސެބިޓްޒަރ ބަޔާންއާ ގުޅިއްޖެ


ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލިޕްޒިގްގެ ކެޕްޓަން މާސެލް ސެބިޓްޒަރ އެލީގުގެ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ސޮއިކޮށްފިއެވެ. ސެބިޓްޒަރ ބަޔާންއަށް ސޮއިކޮށްފައި ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 27 އަހަރުގެ ސެބިޓްޒަރ ވަނީ ލިޕްޒިގްގައި ހޭދަކުރި ހަތް އަހަރުގައި ވަރުގަދަ ޓީމެއް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާވަނީ ލިޕްޒިގްއަށް 229 މެޗް ކުޅޭދީފައެވެ. ސެބިޓްޒަރ ވެފައިވަނީ ކޯޗް ޖޫލިއަން ނާގެލްސްމަން އާއެކު ލިޕްޒިގުން ބަޔާންއަށް ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. އަނެއް ކުޅުންތެރިޔަކީ ފަރަންސޭސި ޑިފެންޑަރ ޑާޔޮޓް އުޕަމެކާނޯއެވެ. ސެބިޓްޒަރ ބަޔާންއަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ސެބިޓްޒަރ ހާމަކުރިގޮތުގައި އޭނާ ކުޑައިރު ކޮންމެ އަހަރަކުވެސް ބަޔާންގެ ޖަރޒީއެއް ލިބޭ ކަމަށާއި އަދި އެއީ އޭނާ ވަރަށް ރައްކާކޮށްގެން ގެންގުޅޭ ޖަރޒިއެއް ކަމަށެވެ. އަދި މިހާރު މިކްލަބާއި ގުޅުމުން ބަޔާން އަށް ކާމިޔާބީ ހޯދާދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެކަމަށެވެ. އަދި ބަޔާންއަށް ގިނަ މެޗް ތަކެއް ކުޅެދޭން ބޭނުން ކަމަށާއި ހަމައެއާއެކު ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރަންވެސް އުންމީދު ކުރާކަމަށް ހާމަކޮށްފައެވެ.

މިސީޒަނަށް ބަޔާނުންވަނީ ސެބިޓްޒަރ އާއި އުޕަމެކާނޯ ގެ އިތުރުން އޮމަރު ރިޗަޑްސް އަދި ޖަރުމަނު 21 އަހަރުން ދަށުގެ ކުރީގެ ކީޕަރ ސްވެން އުލްރެއިޗް އެކްލަބަށް ގެންގޮސްފައެވެ.