ޚަބަރު

ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި


މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުން ވިދާޅުވީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ވަނީ ރޭ 8:50 ހާއިރުކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެމީހާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މައްސަލަ ފުލުހުން ތަހުޤީޤްކުރަމުންދާއިރު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން މިފަދަ އިންޒާރެއް ދިނުމަކީ ބޮޑު ކުށެކެވެ. އަދި މިފަދަ އިންޒާރު ދޭ ފަރާތްތަކަށް ދިގު މުއްދަތުގެ ޖަލު ހުކުމް އައުމަކީ އެކަށީގެންވާކަމެކެވެ.