ޚަބަރު

އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި މަރުވެއްޖެ


އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި މަރުވެއްޖެއެވެ.

އޮމަދޫ ކައުންސިލުން ވިދާޅުވީ މިހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:00 ހާއިރުކަމަށާއި، އެކުއްޖާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ އެކުއްޖާ ދިރިއުޅޭ ގޭގައި ހަދާފައި ހުންނަ މަސްފެންގަނޑަކަށް ވެއްޓިގެންކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މަސްފެންގަނޑަށް ވެއްޓި މީގެ ކުރިންވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.