ކުޅިވަރު

ސިޓީ ދޫކޮށް ގާޑިއޯލާ ގައުމީ ޓީމަކާއި ހަވާލުވާން ބޭނުންވަނީ


ގައުމީ ޓީމަކަށް ކޯޗްކޮށްދޭން ބޭނުންވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. މިހާތަނަށް ގައުމީ ޓީމަކަށް ކޯޗްކޮށްދީފައިނުވާ ގާޑިއޯލާވަނީ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ބްރޭކެއް ނެގުމަށް ފަހު އަލުން އެނބުރި އައިސް ގައުމީ ޓީމަކާ ހަވާލުވާން ބޭނުންވާކަން ހާމަކޮށްފައެވެ. ސިޓީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިފައިވާ ކޯޗު ގާޑިއޯލާ އާއެކު ސިޓީއިން ހަދާފައިވާ ކޮންޓްރެކްޓް 2023ވަނަ އަހަރަށް ހަމަވާއިރު، އެއްބަސްވުން އާނުކުރާނެކަމުގެ ފެހި ސިގްނަލް ގާޑިއޯލާ ވަނީ ދީފައެވެ.

2016ވަނަ އަަހަރު ސިޓީއާއި ހަވާލުވި ގާޑިއޯލާ މީގެ ކުރިން ވަނީ ބާސެލޯނާ އަދި ބަޔާން މިއުނިކަށް ކޯޗްކޮށްދީފައެވެ. މީގެ އިން ކޮންމެ ޓީމަކާއެކުވެސް ގާޑިއޯލާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ގާޑިއޯލާ ވަނީ މެންޗެސްޓަރ ސިޓީއަށް 3 ޕްރިމިއަރ ލީގާއި އެފްއޭ ކަޕް އަދި 4 ލީގް ކަޕްގެ އިތުރުން އެންމެ ފަހުގެ ޗެންޕިއަންސް ލީގުގައި އެޓީމް ވަނީ ޗެލްސީ އަތުން ބަލިވެފައެވެ. ކުލަބް ފުޓްބޯޅަ ދޫކޮށްލުމަށްފަހު ގާޑިއޯލާ ބުނީ މިހާރު އާ ޗެލެންޖެއް ނަގަން ބޭނުންވާކަމަށާއި މިހާރު ބޭނުންވަނީ ގައުމީ ޓީމަކަށް ކޯޗްކޮށްދޭންކަމަށެވެ. އަދި ގައުމީ ޓީމަކަށް ކޯޗްކޮށް ދިނުމަކީ ތަފާތު ތަޖްރިބާއެއްކަމަށް ގާޑިއޯލާ ބުންޏެވެ.

ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ގާޑިއޯލާ ހަވާލު ވާނީ ސްޕެއިންގެ ގައުމީ ޓީމާއެވެ.