ކުޅިވަރު

ބަޔާން އިން ޖަރުމަނު ކަޕްގައި 12 ލަނޑު


ޖަރުމަނުކަޕްގައި ފަސްވަނަބުރުގައި ބަޔާން މިއުނިކުން 12 ލަނޑުޖަހައި 24 އަހަރުތެރޭގައި ހޯދި އެންމެ ބޮޑު މޮޅު ހޯދައިފިއެވެ. ޖަރުމަނު ކަޕްގައި ބަޔާން 12 ލަނޑުޖެހީ ރަށުން ބޭރުގައި ބްރެމާ އެސްވީއާ ވާދަކޮށްނެވެ.

މެޗުގައި ބަޔާންގެ އެރިކް މެކްސިމް ޗުޕޯ މޯޓިންގް ހަތަރު ލަނޑު ކާމިޔާބު ކުރިއިރު މުސިއަލާ ވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން ބަޔާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ވާމް، ޓިލްމޭން، ސާނޭ، ސުއިސޭންސް އަދި ސަރްއެވެ. މެޗުގައި ބްރެމާގެ ނޮބިލްއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗުގައި ބަޔާންއިން 37 ހަމަލާއެއް ބްރެމާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މިއީ 1997 ވަނަ އަހަރު ބަޔާން މިއުނިކުން ޑިޖޭކީ ވެލްޑްބާގް އަތުން 16-1 ލަނޑުން މޮޅުވިފަހުން މިހާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ 1965 އަހަރު ފަހުން ބަޔާން ހޯދިން ދެވަނަށް އެންމެ ބޮޑު މޮޅެވެ.