ށ.ފޭދޫގެ ކުރީގެ ސްކޫލް ޢިމާރާތުގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރޯވެފައިވަނީ އެ ސްކޫލްގެ ކްލާސްރޫމްތަކެއްގައިކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ޓީމަކުން މިހާރު ފޭދޫއަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ފޭދޫ ކައުންސިލުންވަނީ ޢިމާރާތުގައި ރޯވެ އަނދަމުންދާ ކަމަށާއި އެއީ ކަރަންޓުވެސް ހުންނަ އިމާރާތަކަށް ނުވުމުން އަލީފާން ރޯވާން ޖެހުނު ސަބަބެއް އަދި ދެނެގަނެވިފައިނުވާކަމަށް ވިދާޅުވެފައެވެ.