މަންދީރާ ބޮޑުބެރު ގުރޫޕުން މީހުންގެ ސަމާލްކަން ހޯދި ޙުސެއިން ސަމާއު(މާއު) ނިޔާވެއްޖެއެވެ.
މާއުއަކީ މަންދީރާ ބޮޑުބެރު ގްރޫޕްގެ ހަރަކާތްތައް ފޮޓޯ ނަގާ، ޝޯޝަލް މީޑިއާއިން އާއްމުންނަށް ހަމައަށް ދޫކޮށްލުމުގަ އެންމެ އިސްކޮށް މަސައްކަތް ކުރި ފަރާތެވެ. މާއު މީހުންގެ ސަމާލްކަމަށް އެންމެ ބޮޑަށް އައީ، މާއުއަކީ ލޭ އަޅާ އެންމާބަނޑު ދެބެއިންގެ ތެރެއިން އެކަކަށްވުމެވެ. މާއުގެ ބޭބެ ހަސަން ސަމާހު(މާހު)ވެސް މަސައްކަތް ކުރަނީ މަންދީރާ ގްރޫޕްގަ، ވީޑިއޯ ގްރަފަރެއްގެ ގޮތުގައެވެ.
މާއުއަކީ ހއ.ކެލައަށް އުފަން 22 އަހަރުގެ ޒުވާނެކެވެ. މައުލޫމާތު ލިބޭގޮތުގެ މާއު ނިޔާވީ މިރޭ އިރާކޮޅު 18:00ހާއިރުއެވެ. ހާލުދެރަވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މާއު ފޮޓޯ ނެގުމުގެ ދާއިރާއަށް ވަނީ ސްކޫލް ނިންމުމަށްފަހުއެވެ. އަދި މަންދީރާ ބޮޑުބެރު ގްރޫޕްގަ ޕޮޓޯ ގްރާފަތެއްގެ ގޮތުގަ މަސައްކަތް ކުރަން ފެށީ 2017ވަނަ އަހަރުއެވެ. މިހާތަނަށްވެސް މާއުހުރީ މަންދީރާގެ ފްޓޯގްރާފަރުގެ ގޮތުގައެވެ. އަދި ހުސްވަގުތުތަކުގަވެސް ފޮޓޯ ނެގުމުގެ މަސައްކަތް ކުރެއެވެ.
މާއުއަކީ ލޭއަޅާކުއްޖެއްނަމަވެސް، މުޖުތަމަޢުގަ އެހެން ކުދިންނެކޭ އެއްގޮތަށް ތަފާތެއްނެތި ކުރިއަރަމުން އައި ޒުވާނެކެވެ.