ޚަބަރު

ކަރަންޓުގައި ޖެހުނު މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ


ގއ. ވިލިގިނލީގައި ކަރަންޓުގައި ޖެހުނު މީހަކަށް ފަރުވާދެމުންދަނިކޮށް މީހަކު ނިޔާވެއްޖެއެވެ. ކަރަންޓުގައި ޖެހިގެން ވިލިގިނލީ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ގއ.ވިލިގިނލީ ޒިއުރިކް ވިލާ އަހުމަދު ތައުފީޤްއެވެ. ވިލިގިނލީގައި ހުރި ޕީއެސްއެމްގެ ރިޕޯޓަރ މައުލޫމާތުދިން ގޮތުގައި ކަރަންޓުގައި އެމީހާ ކަރަންޓުގައި ޖެހުނީ މިއަދު އިރުއޮއްސެނިކޮށް ހިނގި ހާދިސާއެއްގައެވެ. އެގޮތުން މިހާދިސާ ހިގަން މެދުވެރިވީ ވިލިގިނލީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކަރަންޓް ކޭބަލެއް ބުރިވެގެން، އެކޭބަލް ގުޅުވުމުގެ ތެރެއިންކަމަށް ޕީއެސްއެމްގެ ރިޕޯޓަރ މައުލޫމާތުދެއެވެ. މިޙާދިސާގައި އިތުރު މީހަކުވެސް ކަރަންޓްގައި ޖެހުނުކަމަށާއި، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ޙާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.