ޚަބަރު

ވިހަ ގަދަ ނުރައްކާ ބޯވައެއް؛ ފެނުނަސް އަތްނުލާތި، ނުނަގާތި


ރާއްޖެއިން އާއްމުކޮށް ނުފެންނަ ނުރައްކާ ބާވަތެއްގެ ބޯވައެއް މި ދުވަސްވަރު ރާއްޖޭ ސަރަހައްދުން ފެންނަމުން ދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ.

އެ އިންސްޓިޓިއުން ބުނީ ރާއްޖެއިން އާއްމުކޮށް ފެންނަކަމަށް ފާހަގަކުރެވިފައި ނުވާ ބާވަތެއްކަމަށްވާ " ބްލޫ ރިންގްޑް އޮކްޓަޕަސް" މި ފަހަކަށް އައިސް ރާޢްޖޭގެ އެކި ސަރަހައްދުން ފެންނަމުން ދާކަމަށެވެ.

މީ ރާއްޖޭގައި އާއްމުކޮށް އުޅޭ ބާއްވަތްތަކުގެ ބޯވަތަކާއި ހިލާފަށް ސައިޒުން ކުޑަ ބޯވައެކެވެ. އެ ސޮރުމެނަށް ނުރައްކާ އިހްސާސްވުމުން ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެން ވިދުމެއް ހެން ލަތްތަކެއް ހަންގަޑަށް އަރުވައެވެ.

މި ބާވަތުގެ ބޯވަ ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެ އެއްޗިހި އުފައްދާ ވިހަ މާއްދާއެއް ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ގުޅޭ ނާރުތަކަށް ހަމަލާދޭ ވިހައެއްކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުނެއެވެ.

"ބްލޫރިންގްޑް އޮކްޓޮޕަސް ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެސޮރުމެން އުފައްދާ ވިހަ މާއްދާއެއް ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާ ދޭ ވިހަ (ނިއުރޯޓޮކްސިން) އެކެވެ. ބްލޫރިންގް އޮކްޓޮޕަސް ކާނާ ހޯދަނީ އެސޮރުމެންގެ ޝިކާރައިގައި ދަތްއަޅައި ޝިކާރައިގެ ހަށިގަނޑުގެ ތެރެއަށް މިވިހަ ދޫކޮށްލައި މަރާލައިގެންނެވެ. އެކިބާވަތުގެ ނުރައްކަލުން ދިފާއުވުމަށްވެސް ބްލޫރިންގްޑް އޮކްޓޮޕަސް މި ނިއުރޯޓޮކްސިން ދޫކޮށް އުޅެއެވެ." މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ އިލްތިމާސްގައިވެއެއެވެ.


މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް ބުނީ މި ބާވަތުގެ ބޯވަ އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެއްކަމަށެވެ. މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅިނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެއެވެ. ނަމަވެސް، ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.


މިބާވަތުގެ ނިއުރޯޓޮކްސިންއުން ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތް ވުމާއި، ހިތް
ހުއްޓުން ފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ
ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ. މި ފަދަ ބޯވައެއްގައި ވިހައިގެ އަސަރު އިހްސާސްކުރެއްވިއްޖެނަމަ ވީހާ އަވަހަކަށް ސިއްހީ މާހިރަކަށް ދެއްކުމަށްވެސް މެރިން އިންސްޓިޓިއުންޓުން ވިދާޅުވެއެވެ.


" މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީ ކޮށް ނޭވާލައްވަން ޖެހެއެވެ. ޢާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއް އަދި ނެތެވެ. " މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުނެއެވެ.

މި ބާވަތުގެ ބޯވައިގައި ހިފާ އޭގައި އަތް ނުލާ ހެދުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އެން ދަލުގައި މި ބާވަތުގެ ބޯވައެއް ޖެހިފައި އޮތްނަމަ އެން ނަގަން އުޅުމުގައިވެސް މި ބޯވައިގައި ނުޖެހުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި ބަލާލަން ރީތި މި ބޯވަ ޓޭންކުތަކުގައި ގެންގުޅުން ރައްކާތެރި ނޫންކަމަށްވެސް އެ އިންސްޓިޓިއުންޓުން ވިދާޅުވެއެވެ.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް ބުނީ މި ބާވަތުގެ ބޯވަ އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެއްކަމަށެވެ. މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅިނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެއެވެ. ނަމަވެސް، ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.

މިބާވަތުގެ ނިއުރޯޓޮކްސިންއުން ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތް ވުމާއި، ހިތް
ހުއްޓުން ފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ
ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ. މި ފަދަ ބޯވައެއްގައި ވިހައިގެ އަސަރު އިހްސާސްކުރެއްވިއްޖެނަމަ ވީހާ އަވަހަކަށް ސިއްހީ މާހިރަކަށް ދެއްކުމަށްވެސް މެރިން އިންސްޓިޓިއުންޓުން ވިދާޅުވެއެވެ.

" މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީ ކޮށް ނޭވާލައްވަން ޖެހެއެވެ.ޢާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއް އަދި ނެތެވެ. " މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުނެއެވެ.

މި ބާވަތުގެ ބޯވައިގައި ހިފާ އޭގައި އަތް ނުލާ ހެދުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އެން ދަލުގައި މި ބާވަތުގެ ބޯވައެއް ޖެހިފައި އޮތްނަމަ އެން ނަގަން އުޅުމުގައިވެސް މި ބޯވައިގައި ނުޖެހުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި ބަލާލަން ރީތި މި ބޯވަ ޓޭންކުތަކުގައި ގެންގުޅުން ރައްކާތެރި ނޫންކަމަށްވެސް އެ އިންސްޓިޓިއުންޓުން ބުނެއެވެ.