މުނިފޫހިފިލުވުން

ފީބީ އައިރިޝްގެ ލިޔުންތެރިއެއްގެ ސީރީޒަކުން


ކާމިޔާބު ނެޓްފްލިކްސް ސިރީޒް "ބްރިޖެޓަން" އިން ޑަފްނީގެ ރޯލުން މަޝްހޫރުވި ތަރި ފިބީ ދެނޫވާ އަނެއްކާވެސް އެމެޒޯން ސްޓޫޑިއޯސްގެ އައު ސިރީޒްއަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

ފީބީގެ މި ފަހަރުގެ ސީރީޒްއަކީ އެމެޒޯން ސްޓޫޑިއޯސްގެ ރޮމޭންޓިކް ސީރިޒް "އެކްސައިޓިންގ ޓައިމްސް" އެވެ. މި ސިރީޒްގެ އެކްޒެކެޓިވް ޕްރޮޑިއުސަރަކީވެސް ފީބީއެވެ.

އައިރިޝް ލިޔުންތެރިޔާ ނެއިސް ޑޯލާންގެ ފުރަތަމަ ނޮވެލް "އެކްސައިޓިން ޓައިމްސް" ގެ މައްޗަށް އުފައްދާ މި ސީރިޒް ޑައިރެކްޓްކުރަނީ ކޫޕަރ ރެއިފް އެވެ. އަދި ޕްރޮޑިއުސް ކުރާނީ ބްލެކް ބިއަރ ޕިކްޗާރސްއިންނެވެ.

"ބްރިޖެޓަން" ގެ ލީޑްރޯލުން ފީބީ ފެނިގެންގޮސްފައިވާއިރު މި ސިރީޒްވަނީ ސްޓްރީމާސް ވިއުއަރޝިޕްގެ ރެކޯޑް ހަދާފައެވެ. އަދި ފީބީ މިހާރު ދަނީ މި ސީރީޒްގެ ދެވަނަ ބައިގެ ޝޫޓިންތައް އިނގިރޭސިވިލާތުގައި ކުރިއަށްގެންދަމުންނެވެ. ނަމަވެސް މިފަހަރުގެ ފީބީ ކުޅެނީ ކޮން ރޯލެއްކަމެއް އަދި ނުބުނެއެވެ.

މީގެއިތުރުން ފީބީ ދާދިފަހުން ވަނީ ސޮނީ ޕިކްޗާރސްގެ "އައި ހާރޓް މާރޑަރ" އަށް ސޮއިކޮށްފައެވެ. ސްކައި ސިނަމާގެ އޮރިޖިނަލް ފިލްމު "ކަލަރ ރޫމް" އަކީވެސް ފީބީގެ ކުރިއަށް އޮތް ފިލްމެކެވެ.