ކުޅިވަރު

އޭއެފްސީ ކަޕްގައިވެސް ވީއޭއާރް ބޭނުން ކުރަންޖެހޭ - ޕެޒޯލީ


އޭއެފްސީ ކަޕްގައިވެސް ވީއޭއާރް ބޭނުން ކުރަންޖެހޭކަމަށް ބެންގަލޫރު ޓީމުގެ ކޯޗް ޕެޒޯލީ ބުނެފިއެވެ. އޭއެފްސީ ކަޕްގައި ބެންގަލޫރުން މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު، އޭޓީކޭ މޯހަން ބަގާން އަތުން 2 ލަނދު 0 ލަނޑުން ބަލިވެ، ބަންގްލަދޭޝްގެ ބަޝުންދުރާ އަތުން ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. މިއާއެކު އޭއެފްސީ ކަޕްގެ ގޫރޫޕް ޑީގައި ކުރިއަށް ނުދެވި، ބާކީ އެއް މެޗް އޮއްވައި އެޓީމު ވަނީ ކަޓާފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ބެންގަލޫރުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނީ އޭއެފްސީ ކަޕްގެ މެޗްތަކުގައި އޭއެފްސީއިން މިހާރު ގޯލް ލައިން ޓެކްނޮލިޖީ ބޭނުން ކުރަންޖެހޭކަމަށާއި މިއީ ޓީމުތަކަށް މުހިންމުކަމެކެވެ.

ބެންގަލޫރު ޓީމުގެ ކޯޗް ޕެޒޯލާބުނީ ބޮޑު ހަރަދުކޮށްގެން ޓީމުތަކުން އޭއެފްސީ ކަޕަށް ތައްޔާރުވާއިރު، ލިބޭ ހަނި ފުރުސަތަކުން ގޯލްޖަހާއިރު، ރެފްރީގެ އެންމެ ނިންމުމަކުން ވެސް ޓީމްތަކަށް ބޮޑު ގެއްލުމެއްވާކަމަށެވެ. ބެންގަލޫރު ޓީމުގެ ކޯޗް މިފަދަ ގޮތަކަށް ވާހަކަދައްކާފައި ވަނީ މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބެންގަލޫރު ޓީމުން ހުރަސް ދަނޑީގައި ޖެހިފައި ބިންމަތީގައި ޖެހިފައި ނިކުތް ބޯޅައަށް އިޝާރާތްކޮށް ވާހަކަދައްކަމުންނެވެ. އެވަގުތު ބެންގަލޫރުގެ ކުޅުންތެރިންވެސް ވަނީ ރެފްރީ އެއީ ގޯލެއް ނޫންކަމަށް ނިންމުމާއި ގުޅިގެން ބެންގަލޫރުގެ ކުޅުންތެރިން ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ބެންގަލޫރުގެ ކޯޗް ޕެޒޯލީ ބުނީ ޓީމުތަކުން މިލިއަނުން ހަރަދުކޮށްގެން ޓީމުތަށް ތައްޔާރުކޮށް އޭއެފްސީ ކަޕްގައި ވާދަކުރާއިރު، އޭއެފްސީއިންވެސް ހަރަދެއްކޮށްގެން ވިއޭއާރް ބެހެއްޓުން ރަނގަޅުކަމެވެ. މިފަދަ ގޮތަކަށް މެޗުން ބަލިވެ، ގުރޫޕުން އަލްވަދާއު ކިޔަންޖެހުމުން ވަރަށް ހިތްހަމަނުޖެހޭކަމަށާއި މެޗްގައި ބަޝުންދުރާއަށް ވުރެއް ގިނަ ފުރުސަތުވެސް ބެންގަލޫރުއިން ތަނަވަސްކޮށް މެޗުން ބަލިވާން ޖެހުމުން އެކަން ގަބޫލް ނުކުރެވޭކަމަށެވެ. އަދި މެޗްގައި ނަސީބުވެސް ބެންގަލޫރުއަށް އެހީ ނުވިކަމަށް ޕެޒޯލީ ބުންޏެވެ. 

"ބެންގަލޫރުއިން މިފަހަރުގެ މުބާރާތަށް ވަރަށް ބޮޑަށް ފައިސާ ހަރަދުކޮށް، ޓީމްވެސް ވަރުގަދަ ކުރި. މިއީ ކައިރިކައިރީގައި ކުޅުނު 3ވަނަ މެޗް. ފަރިތަކުރުންތަކުގައި ކުރެވުނު ހުރިހާކަމެއް ކުޅުންތެރިން ވަނީ މެޗްގެ ތެރޭގައި ކޮށްފަ. ކުޅުންތެރިން މެޗުން މޮޅުވުމަށް ވަރަށް ހިތްވަރު ކުރި، ނަމަވެސް ނަސީބު އެހީ ނުވުމުގެ ސަބަބުން މެޗުން މޮޅު ނުވެވުނީ. ހަޤީގަތަށް ވާހަކަދައްކާއިރު، މެޗުން މޮޅުވުމުން ދައްކާނެ ވާހަކަ މަދުވާނެ، ނަމަވެސް މެޗުން ބަލިވުމުން ދައްކާ ވާހަކަ ގިނަވާނެ. މެޗްގައި ބެންގަލޫރުއިން މޮޅަށް ކުޅުނު ހަމައެކަނި މަދުވި ގޯލްއެއް." ބެންގަލޫރުގެ ކޯޗް ޕެޒޯލީ ބުންޏެވެ.

ބެންގަލޫރު ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ މެޗުގައި ލިބުނު ފުރުސަތުތަކަށް ބަލާފަ، މެޗުން މޮޅު ނުވެވުމުން ހިތްހަމަ ނުޖެހޭކަމަށެވެ. މިއީވެސް ފިލާވެޅެއްކަމަށާއި މިމެޗުން ކަންކަން ދަސްކޮށް ކުރިއަށް ދިއުން މުހިންމުކަމަށް ޗެތުރީ ބުންޏެވެ.